މޯލްޑިިވިއަން އިން ޓްރެވިންޑްރަމް ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ އެއާބަސް -- ފޮޓޯ: މޯލްޑިވިއަން

ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ޓްރެވިންްޑްރަމް އަށް ދަތުރު ފަށަން ތައްޔާރުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅިގެން ވައިގެ ދަތުރުތައް މަޑުޖެހުނުއިރު މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ވައިގެ ދަތުރުތައްވެސް ވަނީ މެދުކަނޑާލައިފައެވެ.

މޯލްޑިވިއަން އިން ބުނީ މިމަހުގެ 10 އިން ފެށިގެން ޓްރެވިންޑްރަމް ދަތުރުތައް އަލުން ފަށަން ނިންމާފައިވާ ކަމަށެވެ. ޓްރެވިންޑްރަމް ދަތުރުގެ ދެކޮޅު ޓިިކެޓުގެ އަގަކީ 325 ޑޮލަރެވެ.

ކޮންމެ ހޮނިހިރު އަދި ބުރާސްފަތި ދުވަހަކު މޯލްޑިވިއަން އިން ޓްރެވިންޑްރަމް އަށް ދަތުރު ބާއްވާނެއެވެ.

ދަތުރުތައް ފަށަނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ގާއިމްކޮށްފައިވާ ޓްރެވަލް ބަބުލްގެ ތެރެއިންނެވެ.

އިންޑިއާގެ އެއާ އިންޑިއާ އިން ވަނީ ރާއްޖެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ދަތުރުތައް ފަށައިފައެވެ. މީގެ އިތުރުން އިންޑިގޯ އިން ވެސް ވަނީ އެއާ ބަބުލްގެ ތެރެއިން ކޮޗިން އާއި ރާއްޖެ އާއި ދެމެދު ދަތުރުތައް ފަށައިފައެވެ.

comment ކޮމެންޓް