ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑެއް ނުކުރަން: އެސްޓީއޯ

ޕެޓްރޯލް އަދި ޑީސަލްގެ އަގު ބޮޑުކޮށްފައިވާކަމަށް ދެކެވޭ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފިއެވެ.

ޕެޓްރޯލް އަދި ޑީސަލްގެ އަގު ބޮޑުކޮށްފައިވާކަމަށް މިއަދު ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެވާހަކަތައް ދޮގުކޮށް، އެސްޓީއޯއިން ބުނީ ޕެޓްރޯލް އަދި ޑީސަލްގެ އަގަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި މިދިޔަ މާޗު މަހު ތެލުގެ އަގު ކުޑަކުރި ފަހުން އިތުރު ބަދަލެއް ނުގެންނަ ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.

އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކުރީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ.

އެދުވަހުން ފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަނީ، 8.07 ރުފިޔާއަށެވެ. އޭގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ، 9.60 ރުފިޔާއަށެވެ.

އޭގެ ކުރިން، 10.39 ރުފިޔާއަށް ވިއްކަމުން ދިޔަ ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 8.71 ރުފިޔާއަށެވެ.

comment ކޮމެންޓް