"ބީވީމާ" އިން ލަވަކިޔުންތެރިޔާ އަޝްފާ އެކްޓިން އަށް!

ބީވީމާ ފިލްމުން އަޝްފާ އެކްޓިންއަށް ނުކުންނަނީ--

ސްކްރީން ރައިޓަރު އަހުމަދު ޒަރީޒު ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ "ބީވީމާ"ގެ ފަސްޓްލުކް އާންމުކޮށްފި އެވެ.

ފިލްމުގައި ހިމެނޭ މައިގަނޑު ތަރިންނާއެކު ފިލްމުގެ ފަސްޓްލުކް މިއަދު އާންމުކުރިއި އިރު މި ޕޯސްޓަރުތަކަކީ ޝިނާން ޑިޒައިން ކުރި ޕޯސްޓަރުތަކެކެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުގެ ދަށުން ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.

މުހައްމަދު ވިސާން (ކަނޑި) ކެމެރާ ކުރާ މި ފިލްމުގެ ތަރިންނަކީ ލަވަކިޔުންތެރިޔާ އަޝްފާ، ކޮޕީ އިއްސެ، އައިޝަތު ޔާދާ، ސިލްނާ، އާޝާ، ޢައިޝަތު އަލީގެ އިތުރުން ހުނޭޝާ އާދަމް ނަސީރު އެވެ. އޭގެ އިތުރުން އަލީ ޝަޒްލީމް އާއި ޑާކްރެއިންގެ މިއީ ލޯތްބަކީ އިން ފެނިގެންދިޔަ ލަވަކިޔުންތެރިޔާ އަމަންގެ ކޮއްކޮ އާދަމް ޒިދާން (ނާނަ) ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

އަންނަ އަހަރު ސިނަމާތަކުގައި އެޅުވުމަށް އަމާޒު ހިފަފައިވާ މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. ބީވީމާގެ ޝޫޓިން މިހާރު ދަނީ ކުރިއަށެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓަކީ ދިވެހިންގެ އިތުބާރު ހޯދާފައިވާ މަގްބޫލު ފިލްމު ކުންފުންޏެކެވެ. ތަފާތު ރަހަތަކެއްގެ ފިލްމު ގެނެސްދޭ މި ކުންފުނިން ވަނީ ދިވެހި ފިލްމީދާއިރާއަށް ބޮޑު އިންގިލާބެއް ގެެނެސްދީފަ އެވެ.

comment ކޮމެންޓް