ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު އަތުލައިގެންފި

-- ފޮޓޯ: އިމިގްރޭޝަން

ޝަހުސު އޮޅުވަލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީ ފިރިހެނަކު ހުއްޓުވައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށް ޝަހުސު އޮޅުވާލައިގެން (އިމްޕޯސްޓާ) ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި 23 އަހަރުގެ ބިދޭސީ ފިރިހެނަކު ހުއްޓުވާފައިވާ ކަމަށެވެ.

އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.

ޝަހުސު އޮޅުވާލައިގެންނާއި ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ ބިދޭސީން މި ފަހަކަށް އައިސް އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންނެވެ.

ރާއްޖޭގެ ބޯޑަރު ސެކުއިރިޓީ ވަރުގަދަކޮށް ރާއްޖެއަށް އެތެރެވެ ބޭރުވެވޭ އެއާޕޯޓްތަކާއި ޕޯޓް ތަކުގެ ސެކިއުރުޓީ ސިސްޓަމްތައް ވަރުގަދަކުރުމުގެ މަސައްކަތް ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީ އިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާއިރު އޭގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުން މީހުން ދަނީ ފުރުވާލަމުންނެވެ.

މި އަހަރުގެ ނިޔަލަށް މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލަން މަސައްކަތް ކުރާއިރު މިހާތަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ ފުރުވާލައިފައެވެ.

comment ކޮމެންޓް