އިއްޔެ މަރުވެފައި އޮއްވާ ފެނުނީ ތިލަފުށީގައި މަސައްކަތް ކުރާ ބިދޭސީއެއް

ތިލަފުށީގެ ސެޓެލައިޓް ފޮޓޯއެއް -- ގޫގްލް މެޕްސް

އިއްޔެ ތިލަފުށީ ކައިރި ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ ތިލަފުށިގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ހެނދުނު 8:36 އެހާކަންހާއިރު ތިލަފުށި ބޭރުން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އެނގިފައިވާ ގޮތުގައި، ހަށިގަނޑު ފެނިފައި ވަނީ، ތިލަފުށި ޓީޖެޓީ ކޯރުގަނޑު ތެރެއިންނެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާގެ ވަނަވަރު ފުލުހުން މިހާރު ވަނީ ދެނެގަނެފައެވެ. ފުލުހުން މިއަދު ބުނީ އެ މީހާ އަކީ ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ އުމުރުން 31 އަހަރުގެ ނޭޕާލްގެ ރައްޔިތެއް ކަމަށެވެ.

އޭނާގެ މަރުވި ކަމަށް ބެލެވޭ ސަބަބާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވެ އެވެ. ފުލުހުން ބުނީ، އެ މައްސަލައާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން އަދިވެސް ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް