ތިލަފުށި ބޭރުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ތިލަފުށި މަތިން ނަގާފައި ފޮޓޯއެއް --- ފައިލް ފޮޓޯ

ތިލަފުށީ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއަދު ހެނދުނު 8:36 އެހާކަންހާއިރު ތިލަފުށި ބޭރުން ކަނޑުމަތިން މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

ކަނޑުމަތިން ފެނުނު ހަށިގަނޑުގައި ބޭރުފުށުން ގެއްލުމެއް ލިބިފައިވާ ކަމެއް އަދި އެއީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ހަށިގަނޑު ފެނުނު ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، ހަށިގަނޑު ފެނިފައި ވަނީ، ތިލަފުށި ޓީޖެޓީ ކޯރުގަނޑު ތެރެއިންނެވެ.

comment ކޮމެންޓް