އަދުރޭ ފުލުހަށް ހާޒިރުވާން ޗިޓު ހަވާލުކޮށްފި

އަދުރޭ ފުލުހަށް ހާޒިރުުވުމަށް އަންގައި ޗިޓު ހަވާލު ކުރަން -- ފޮޓޯ: އިދިކޮޅު ކޯލިޝަން

އިދިކޮޅު ކޯލިޝަންް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުލުހަށް ހާޒިރުވުމަށް ޗިޓު ހަވާލުކޮށްފި އެވެ.

އިދިކޮޅުން ކޯލިޝަނުން ބުނީ މާދަމާ 10:00 އަށް ފުލުހަށް ހާޒިރުުވުމަށް އަދުރޭ އަށް ޗިޓު ހަވާލުކޮށްފައިވާ ކަމަށެވެ.

ހުކުރުދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާ އާއި ގުޅިގެން މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންނަށް ފުލުހަށް ހާޒިރުވުމަށް އަންނަނީ އަންގަމުންނެވެ.

މުޒާހަރާއާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވެސް ފުލުހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އޭނާ ހާޒިރު ކުރަން ނިންމާފައި ވަނީ މިރެ އެވެ.

މީގެެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން އަސްވެސް މާދަމާ ފުލުހަށް ހާޒިރުވާން ވަނީ ޗިޓު ހަވާލުކޮށްފަ އެވެ.

މާލޭގައި ހަތަރު މީހުންނަށްވުރެ ގިނައިން އެއް ނުވުމަށާއި އާންމު ތަންތަނުގައި މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ މަޖުބޫރުކޮށްފަ އެވެ. އެ އެންގުމާ ހިލާފަށް އިދިކޮޅުން މުޒާހަރާ ބޭއްވި ކަމަށް ބުނާ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް