އާލިއާ ބަޓްގެ "ސަޅަކް 2" އަށް މިވީ ކިހިނެއް؟

ފިލްމުގެ ތަރިން---

ބޮލީވުޑުގައި އެންމެ ގަދަޔަށް ފިޔަޖަހަމުން އައި ބަތަލާ އާލިއާ ބަޓްގެ "ސަޅަކް 2" ހުކުރު ދުވަހު ރިލީޒްކުރުމާ އެކު އެ ފިލްމަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އާލިއާ އާއި އަދިތްޔާ ރޯއީ ކަޕޫރުގެ އިތުރުން ސަންޖޭ ދަތު ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރީއްސުރެ މި ފިލްމު ބޮއިކޮޓްކުރަން އާންމުން ގޮވާލި އެވެ. މި ފިލްމުގެ ޓްރެއިލާ އަށް ވަނީ 12 މިލިއަން ޑިސްލައިކު ވެސް ލިބިފަ އެވެ.

ހޮޓްސްޓާގައި މި ފިލްމު ރިލީޒްކުރިއިރު ފިލްމު ބެލި ކްރިޓީކުންނަށް ވެސް މި ފިލްމު އެއްގޮތަކަށް ވެސް ކަމުގޮއްސައެއް ނުވެ އެވެ. އެގޮތުން އިންޑިއަން އެކްޕްރެސް އިން މި ފިލްމު ރޭޓުކުރަނީ ފަހަކުން އެކެކެވެ. އެ ނޫހުން ބުނާ ގޮތުގައި މި ފިލްމަކީ ބަޔަކު މީހުން ބަލަން ހެޔޮވާވަރުގެ ފިލްމެއް ނޫނެވެ.

މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ބުނީ މި ފިލްމަކީ ވަރަށް 'ކަޑަ' ފިލްމެއް ކަމަށާއި ފިލްމުގެ ފުރަތަމަ ބަޔާ އަޅާވެސް ނުކިޔޭނެ ކަމަށެވެ. މި ފިލްމުގެ ސްކްރިޕްޓަކީ ވަރަށް ބޭކާރު ސްކްރިޕްޓެއް ކަމަށާއި ފިލްމު މިއުޒިކް ވެސް ކަމުނުދާކަމަށެވެ. އޭނާ ވެސް މި ފިލްމަށް ދީފައި ވަނީ އެއް ތަރީގެ ރޭޓިންއެކެވެ. އާންމުން ރޭޓްކުރާ އެޕްލިކޭޝަން އައިއެމްޑީބީގައި މި ފިލްމުގެ ރޭޓިން އަށް ލިބިފައިވަނީ 10 އަކުން އެކެކެވެ. އެއާއެކު މި ފިލްމުވެގެންދާނީ އާލިއާ ބަޓްގެ މުޅި ފިލްމީ ކެރިއަރުގައި ވެސް ކުޅުނު އެންމެ ބޮޑު ފުލޮޕަށެވެ.

އާލިއާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކުރި މި ފިލްމުގެ ފުރަތަމަ ބައި 1991 އަހަރު ރިލީޒް ކުރިއެވެ. އެ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބުނެވެ.

comment ކޮމެންޓް