ބްލެކްޕިންކް އާއި ސެލީނާގެ އާ ސިންގަލް ބަލައިފިންތަ؟

ބްލެކްޕިންކް އާއި ސެލީނާގެ އާ ސިންގަލް "އައިސްކްރީމް" އިން މަންޒަރެއް ---

އެތައް ބަޔަކު އިންތިޒާރުކުރަމުން އައި ބްލެކްޕިންކް އާއި ސެލީނާ ގޮމޭޒްގެ ކޮލޭބޮރޭޝަން ސިންގަލް، "އައިސްކްރީމް" އެންމެ ފަހުން ރިލީޒްކޮށްފި އެވެ.

މިހާރުގެ އެންމެ މަޝްހޫރު އެއް "ގާލް ގްރޫޕް" ކަމަށް ބްލެކްޕިންކް އިން އާ ސިންގަލް ނެރެން ތައްޔާރުވަމުންދާ ކަން ވަނީ ވަރަށް ކުރީން އާންމުކޮށްފަ އެވެ. ނަމަވެސް އާ ސިންގަލް އަކީ ކޮލެބޮރޭޝަނެއްކަން އާންމުކުރި ހިސާބުން ފެށިގެން ފޭނުންގެ ފޯރި އިތުރަށް ގަދަވި އެެވެ.

އެންމެ ފަހުން އާންމުކުރީ އާ ސިންގަލް އަކީ ހޮލީވުޑްގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ސެލީނާ އާއެކި ސިންގަލް ނެރެން ތައްޔާރުވާ ކަމަށެވެ.

އެންމެފަހުން ގިނަ ބައެއްގެ އިންތިޒާރަކަށް ނިމުމެއް އައިސްފިއެވެ. އާ ސިންގަލް އަކީ ގިނަ ބަޔަކަށް މިހާރު ވެސް ކަމުދާ ސިންގަލް އެއް ކަމަށް ދަނީ ބުނަމުންނެވެ.

އައިސްކްރީމް އަކީ ބްލެކްޕިންކް މިއަހަރު ނެރޭ އަލްބަމްގެ ދެވަނަ ސިންގަލް އެވެ. ބްލެކްޕިންކްގެ ފުރަތަމަ އަލްބަމް މިއަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ނެރެން ތައްޔާރުވާއިރު އެ އަލްބަމް އިން ފުރަތަމަ އާންމުކުރި ލަވަ އަކީ "ހައު ޔޫ ލައިކް ދެޓް" އެވެ.

ބްލެކްޕިންކް އިން ހޮލީވުޑްގެ އާޓިސްޓަކާއެކު ކޮލެބޮރޭޓްކުރި މިއީ ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ ނެރުނު ކޮލެބޮރޭޝަން އަކީ ލޭޑީ ގާގާގެ "ކްރޮމެޓިކާ"އަށް ނެރުނު "ސަވާ ކޭންޑީ" އެވެ. އެ ސިންގަލްގެ ވީޑިއޯއެއް ނެރެފައި ނުވާތީ ފޭނުން އަދިވެސް ތިބީ ހިތްހަމަ ނުޖެހިފައެވެ.

comment ކޮމެންޓް