12 އަހަރުން މަތީގެ ކުދިން މާސްކު އަޅަން ޑަބްލިއުއެޗުއޯ އިން ލަފާދީފި

ޑަބްލިއުއެޗުއޯ (އޯގަސްޓް 24) --- މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ބަލި ކޮންޓްރޯލް ކުރަން އުމުރުން 12 އަހަރުން މަތީގެ ކުދިން މާސްކުއަޅަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ލަފާދީފި އެވެ.

ޑަބްލިއުއެޗްއޯ އިން ނެރުނު ގައިޑް ލައިންގައި ބުނީ ކުޑަކުދިންގެ ފަރާތުން ބަލި ފެތުރޭގޮތާ ގުޅޭ ގޮތުން އެނގެނީ އަދި ވަރަށް ކުޑަ މިންވަރެއް ކަމަށާއި އެހެން ނަމަވެސް ފުރާވަރުގެ ކުދިންގެ ފަރާތުން ބޮޑެތި މީހުންނަށް ބަލި ޖެހޭކަމުގެ ހެކި އެބަހުރި ކަމަށެވެ.

ފަސް އަހަރުން މަތީގެ ކުޑަކުދިން މާސްކު އަޅަން ނުޖެހޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. އަދި އުމުރުން ހަ އަހަރާއި 11 އަހަރުގެ ކުދިންގެ ތެރެއިން މާސްކު އެޅުމުގައި އެ ކުދިން ދިރިއުޅޭ ސަރަހައްދުގައި ކޮރޯނާ ފެތުރެނީ ކިހާވަރަކަށްތޯ ބަލައި ހައި ރިސްކު މީހުންނާ ކޮންޓެކްޓްވޭތޯ ބަލައި ހެދުމަށް ވަނީ ލަފާދީފަ އެވެ.

ކޮވިޑް-19 މިހާތަނަށް މުޅި ދުނިޔޭގެ 23 މިލިއަން މީހުންނަށް ޖެހިފައިވާއިރު ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ އިންޑިއާ، އެމެރިކާ އަދި ބްރެޒިލްގައެވެ. އަދި ލަފާކުރެވޭ ގޮތުގައި ބަލި ޖެހުނު މީހުންގެ އަދަދު އަދި މިއަށްވުރެ ވެސް މާބޮޑު ވާނެ އެވެ.

ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޓެޑްރޯސް ގެބްރޭސެސް ވިދާޅުވީ ދެ އަހަރެއްގާ ދުވަހުގެ ތެރޭގައި ބަލިން އަރައިގަނެވޭނެކަމަށް ބެލެވޭ ކަމަށެވެ. އެެހެން ނަމަވެސް އިނގިރޭސިވިލާތުގެ ސައިންޓިފިކް އެޑްވައިޒަރުން ވިދާޅުވީ ދެން ދުވަހަކުވެސް ބަލިން އަރައިގަނެވޭނެކަމުގެ ޔަގީންކަން ނެތް ކަމަށާއި އެކަމަށްޓަކައި ގަވައިދުން ވެކްސިން ޖަހަން ޖެހިދާނެ ކަމަށެވެ.--ބީބީސީ

comment ކޮމެންޓް