މެލޭޝިޔާގައި ކިޔަވާ ދިވެހި 50 ދަރިވަރަކު ފޮނުވައިދީފި

މޯލްޑިވިއަންގެ ފްލައިޓެއް --- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

ކޮވިޑް19 އާ ގުޅިގެން، މެލޭޝިޔާއަށް ނުދެވި ރާއްޖޭގައި ތިބި 50 ދިވެހި ދަރިވަރުން އެ ގައުމަށް އަނބުރާ ގެންގޮސްދީފިއެވެ.

މިއަދު ހެނދުނު އެ ދަރިވަރުން މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރަށް ފޮނުވައިދީފައި ވަނީ އޭސް ޓްރެވެލްސް އިން ޗާޓަރު ކުރި މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.

އޭސް ޓްރެވެލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، އެކަމަށްޓަކައި ހުއްދަތައް ހޯދަން ދަތިވި ކަމަށާއި، އެކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި މޯލްޑިވިއަން އާއި މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ލިބުނު އެހީތެރުކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިއީ އެ ދަރިވަރުން އެދިގެން، އޭސް ޓްރެވަލްސްއިން އިންތިޒާމު ކުރި ދަތުރެކެވެ. އެންމެ ފުރަތަމަ އެ ދަތުރު ބާއްވަން މަސައްކަތް ކުރީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ކޮވިޑް19 އާ ގުޅިގެން، ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ދިޔަ ގިނަ އަދަދެއްގެ ދިވެހީން ވަނީ ރާއްޖެ ގެނެސްފައެވެ. ނަމަވެސް ގިނަ ގައުމުތަކަކުން ބޯޑަރުތައް ބަންދުކޮށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ކިޔަވާ ކުދިންނަށް އަނބުރާ ދެވޭނެ ގޮތެއް ވަނީ ނުވެފައެވެ.

comment ކޮމެންޓް