ގޭގައި ކޮށްލެވިދާނެ ކަސްރަތުތަކެއް

ފުރަބަންދު ވޯކްއައުޓްގެ ފަސްވަނަ އެޕިސޯޑާއި ހަމައަށް މިއޮތީ އާދެވިފައެވެ. މިއަދުގެ އެޕިސޯޑު މި ހާއްސަ ކޮށްލަނީ އުނގަނޑުން ތިރީގެ ކަސްރަތުތަކަށެވެ. އުނގަނޑުން ތިރީގެ ކަސްރަތު ތަކަކީ ރީތި ބައްޓަމެއްގައި ހުރުމުގެ އިތުރަށް، ހަށިގަނޑުގެ އެކި ހިސާބުތަކަށް ގިނަ ފައިދާތަކެއް ހޯދައިދޭ ކަސްރަތުތަކެކެވެ.

މިގޮތުން އުނގަނޑުން ތިރީގެ ކަސްރަތުތަކުގެ ސަބަބުން އުނަގަނޑާއި ފަޔަށް ލިބޭ ލުއިކަމުގެ އިތުރަށް މީހާ ހެލިފެލިވެ އުޅުމަށް ފަސޭހަކޮށްދީ ހަށިގަނޑު ބެލެންސްކުރުމަށްވެސް މަގު ފަހި ކޮށްދެއެވެ.

މި ދުވަސްވަރުގައި އަދިވެސް އެދެވިގެންވަނީ ވީހާވެސް ގިނައިން ގޭގައި ތިބުން ކަމުގައިވާއިރު ފުރަބަންދު ވޯކްއައުޓް ސެގްމަންޓްގެ އެންމެ ބޮޑު މަގްސަދަކީވެސް ގޭގައި ތިބެގެން ކުރެވިދާނެ ފަސޭހަ ކަސްރަތުތަކެއް ގެނެސްދިނުމެވެ.

މިއަދުގެ ސެގްމަންޓްވެސް މި ގެނެސްދެނީ ގެޓް ފިޓް ވިތް ރަންގެ ޓީމުގެ ފަރާތުން ރަނާއާއި ޝާއީ އެވެ. މި އެޕިސޯޑުގައިވެސް ބޭނުންނަމަ މެޓެއް ބޭނުންކުރެވިދާނެ އެވެ. އަދި އިތުރު އެއްޗަކަށް ބޯޅައެއް ބޭނުންކުރެވޭނެއެވެ. މިވަގުތު އަތުގައި ބޯޅައެއް ނެތްނަމަ އެފަދަ އެހެން އެއްޗެއް ބޭނުންކޮށްގެންވެސް ކަސްރަތު ކުރިއަށް ގެންދެވިދާނެ އެވެ.

މި އެޕިސޯޑުގައި ހިމެނެނީ؛

  • ސޫމޯ ސްކޮޓްސް
  • ޖަމްޕިން ސްކޮޓްސް
  • ސައިޑް ވޯކް
  • ސްވިންގް ހައި ޓު ލޯ
  • ލަންޖަސް
  • ޖަމްޕިންގް ލަންޖަސް

ވީޑިއޯގައި ރަނާއާޢި އޭނާގެ ޓީމުން ކަސްރަތުތައް ކުރާނެ ގޮތް ކިޔައިދޭނެ އެވެ. މިއީ ހަމައެކަނި ކުރާނެ ގޮތްކަމުން އެމީހެއްގެ ބުންވަރު ހުރިވަރަކަށް ބަލައި ސެޓްތައް ބަހާލަންވާނެ އެވެ. އެކަން ކުރާނެ ގޮތްވެސް ކުރީގެ އެޕިސޯޑުތަކުގައި ހިމެނިފައިވާނެ އެވެ.

ސިއްޚީ އެއްވެސް މައްސަލައެއް ހުންނަނަމަ ކަސްރަތުތައް ކުރުމުގެ ކުރިން ޑޮކްޓަރއްގެ ލަފާ ހޯދުން މުހިންމެވެ.

comment ކޮމެންޓް