އާލިއާ އާއި އަދިތްޔާގެ "ސަޅަކް 2"ގެ ޓްރެއިލާ ދައްކާލައިފި

ސަޅަކް 2 ގެ މަންޒަރެއް--

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އަދިތިޔާ ރޯއީ ކަޕޫރު އާއި ބަތަލާ އާއިލާ ބަޓް ފެނިގެންދާ ފިލްމު "ސަޅަކް 2"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ފިލްމުގެ ޓްރެއިލާ އާންމުކުރި އިރު ގިނަ ބަޔަކު ބުނަނީ މި ފިލްމަކީ ހިންދޫ މީހުންނާ ޚިލާފަށް އުފައްދާފައިވާ ފިލްމެއް ކަމަށެވެ. އަދި މި ފިލްމު ބޮއިކޮޓްކުރުމަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

އާލިއާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން އަންނަ އިރު މި ފިލްމުގެ ޓްރެއިލާއަށް ވަނީ ތިން މިލިއަނަށް ވުރެ ގިނަ ޑިސްލައިކް ލިބިފަ އެވެ. އޭގެ އިތުރުން ސުޝާންތު ސިންހް ރާޖްޕުތްގެ މަރުގެ ފަހަތުގައި މަހޭޝް ބަޓްގެ އަތެއް ވާކަމަށް ބުނެ ސުޝާންތުގެ ފޭނުން އަންނަނީ މި ފިލްމު ބޮއިކޮޓްކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

"ސަޅަކް" އަކީ މަހޭޝް ޑައިރެކްޓްކޮށް 1991 އަހަރު ރިލީޒް ކުރި ފިލެމެކެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެން ދިޔައީ މަހޭޝްގެ ދޮށީ ދަރި ޕޫޖާ ބަޓް އަދި ސަންޖޭ ދަތު އެވެ. "ސަޅަކް 2" އިން ވެސް ޕޫޖާ އަދި ސަންޖޭ ފެނިގެންދާނެ އެވެ.

comment ކޮމެންޓް