ކޮވިޑް ތެރޭ ރާއްޖޭގެ އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރަން އޮސްޓްރޭލިއާއިން 4.5 މިލިއަން ރުފިޔާގެ އެހީ

އޮސްޓްރޭލިއާއިން ރާއްޖެއަށް ދިން އެހީ ޔޫއެންއެފްޕީއޭ މޯލްޑިވްސްއާ ހަވާލުކުރަނީ--

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ރާއްޖޭގެ ގެވެށި އަނިޔާއާއި ދަރިމައިވުމާ ބެހޭ މައުލޫމާތާއި ހިދުމަތްތައް ރާއްޖޭގެ އަންހެނުންނަށް ކަށަވަރުކުރުމުގެ ގޮތުން އޮސްޓްރޭލިއާއިން ތިން ލައްކަ ޑޮލަރު ނުވަތަ (4.5 މިލިއަން ރުފިޔާ)ގެ އެހީ ރާއްޖެއަށް ދީފިއެވެ.

އެ އެހީ ދޭން ނިންމފައިވަނީ އދ. ގެ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑު މޯލްޑިވްސް މެދުވެރިކޮށެެވެ. މިއީ ކޮވިޑާ ގުޅިގެން އޮސްޓްރޭލިއާއިން ދޭ ހަ ލައްކަ ޑޮލަރުގެ އެހީގެ ތެރެއިން ދިން އެހީ އެކެެވެ.

އެ އެހީ ޔޫއެންއެފްޕީއޭ މޯލްޑިވްސްއާ ހަވާލުކޮށްދެއްވީ ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޑޭވިޑް ހޮލީއެވެ. އަދި ޔޫއެންއެފްޕީއޭއިން އެ އެހީއާ ހަވާލުވެލެއްވީ ރާއްޖެއަށް އެ ގައުމުން ކަނޑައަޅާފައިވާ ސަފީރު ރިޓްސޫ ނަކެންއެވެ.

މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ސަފީރު ޑޭވިޑް ހޮލީ ވިދާޅުވީ ކޮވިޑް ފަދަ ބަލިމަޑުކަމުގެ ތެރޭގައި ގެވެށި އަނިޔާއާއި ޖިންސީ ގޯނާތައް މުޅި ދުނިޔޭގަައިވެސް އިތުރުވާ ކަމަށާއި އެހެންކަމުން އެފަދަ ކަންތައްތަކުން ރެކެން ހިދުމަތްތައް ރެކެން ރާއްޖޭގެ އަންހެނުންނަށް ހިދުމަތްތައް ލިބުން މުހިންމު ކަމަށެވެ.

އެ އެހީގެ ދަށުން ސަރުކާރުން ގެވެށި އަނިޔާއާއި ދަރިމައިވުމާ ގުޅޭ ކަންތައްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެއާއި ހދ. އަތޮޅުގައި ގާއިމްކޮށްފައިވާ ހެލްތު ރިޕްރޮޑެކްޓިވް ސެންޓަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް