ހަތް މީހުން ތިބި ލޯންޗެއް އަޑިއަށް ހިނގައްޖެ

ވިއްސާރަވެ ކަނޑުގަދަވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. ކޮއްދިއްޕަރު ކައިރީ އޮތް ފިނޮޅަކަށް ދަތުރު ދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ލޯންޗުގައި ހަތް މީހުން ތިބި ކަމަށެވެ. ލޯންޗު ބަންޑުން ޖަހަލި އިރު އޭގައި ތިބި އެންމެންވެސް ސަލާމަތްވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ހާދިސާގެ ހަބަރު މިއަދު މެންދުރު 1:14 ހާއިރު އެމްއެންޑީއެފް އަށް ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓް ގާޑުން ވަނީ ހަރަކާތްތެރިވެފަ އެވެ.

ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި ތިބި މީހުން ވަނީ ފިނޮޅަށް އަރައިފަ އެވެ. ލޯންޗު އަޑިއަށް ދިޔައީ ލޯންޗަށް ދިޔަ އަރައި ދިޔަ ކޮންޓްރޯލު ނުވެގެންނެވެ.

ލޯންޗުުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ދުވަސްވަރަކީ ވިއްސާރަވެ، ކަނޑުގަދަ ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ.

comment ކޮމެންޓް