ޗައިނާގެ އެހީގައި ފަސް ރަށެއްގައި ސާފު ފެން އުފައްދާ ޕްލާންޓު ބަހައްޓަނީ

ޗައިނާގެ އެހީގައި ފަސް ރަށެއްގައި މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓު ބެހެއްޓުމަށް 11.8 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް އެވެ.

ޗައިނާގެ އެހީގައި މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާ ރަށްރަށަކީ ޅ. އޮޅުވެލިފުށި، ކ. ކާށިދޫ، ހއ. ކެލާ، ގއ.ދާންދޫ އަދި ރ. އަލިފުއްޓެވެ.

ސަފީރު ވިދާޅުވީ ދިރިއުޅުމުގެ އަސާސީ ކަންތައްތައް ތަރައްގީ ކުރުމަށް ޗައިނާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ޗައިނާ އިންދަނީީ ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް