އެކްޓަރު ސަންޖޭ ދަތު އެޑްމިޓްކޮށްފި

ސަންޖޭ ދަތު...

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

މުމްބާއިގައި ހުންނަ ލީލާވާތީ ހޮސްޕިޓަލުގައި ރޭ ސަންޖޭ އެޑްމިޓް ކުރީ ނޭވާލުމަށް އުނދަގޫވާތީ އެވެ. ސަންޖޭ ކުރި ޓްވީޓެއްގައި ބުނީ ނޭވާލުމަށް އުނދަގޫވާތީ ކޮވިޑަށް ޓެސްޓުކުރި ކަމަށާއި ނަމަވެސް އެ ޓެސްޓު ނެގަޓިވްވެފައިވާ ކަމަށެވެ.

އޭނާ ބުނީ ދެދުވަހެއްގެ ތެރޭ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އޭނާއަށް ހެޔޮދުއާ ކޮށްދޭ އެންމެންނަށް ޝޫކުރު އަދާކުރާކުރާކަމަށެވެ.

އެކްޓަރު ސަންޖޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ މަހޭޝް ބަޓްގެ "ސަޅަކް 2" އިންނެވެ. މި ފިލްމު މި މަހު 28 ގައި ހޮޓްސްޓާގައި ރިލީޒްކުރާނެއެވެ. ސަންޖޭގެ ހަޔާތުގެ މައްޗަށް ބޮލީވުޑުން ވަނީ މީގެ ކުރިން ފިލްމެއްވެސް ރިލީޒްކޮށްފަ އެވެ.

comment ކޮމެންޓް