އަޔޫޝްމަން ކުޅޭ ފިލްމުގެ ބަތަލާ އަކީ ވާނީ ކަޕޫރު

އަޔޫޝްމަން އާއި ވާނީ--

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ހުނަރުވެރި އެކްޓަރު އަޔޫޝްމަން ކުރާނާ އެތްލީޓެއްގެ ރޯލުން ފެނިގެންދާ ފިލްމުގެ ބަތަލާއަކަށް ވާނީ ކަޕޫރު ހަމަޖައްސައިފި އެވެ.

ކެދާނަތުގެ ޑައިރެކްޓަރު އަބީޝޭކް ކަޕޫރުގެ ކުރިއަށް އޮތް ފިލްމަށް މިހާރު އޭނާ ސޮއިކޮށްފައިވާ އިރު ވާނީ ބުނީ އަބީޝޭކްގެ ފިލްމަކުން ފުރުސަތު ލިބުމަކީ އޭނާ އަބަދު ވެސް ދެކުނު ހުވަފެނެއް ކަމަށާއި އަބަދުވެސް އޭނާއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އަޔޫޝްމަން އަކީ ހުނަރުވެރި އެކްޓާރެއް ކަމަށާއި އޭނައާ އެކުގައި ފިލްމަކުން ފެނިލަން ލިބުމުން ވަރަށް އުފާވާކަމަށެވެ.

މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. އަދި މި ފިލްމުވެގެންދާނީ އަޔޫޝްމަން އާއި ވާނީ ދެމީހުން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

ފިލްމުގެ ނަން އަދި ހާމަކޮށްފައިނުވާއިރު މި ފިލްމު ކުޅުމަށް އަޔޫޝްމަންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހެ އެވެ. އެ މަސައްކަތް އަޔޫޝްމަން މިހާރު ވަނީ ފަށައިފަ އެވެ. ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް އޮކްޓޯބަރު މަހު ފަށާނެއެވެ.

ދެތަރިންގެ އޮން ސްކްރީން ކެމިސްޓްރީ ބެލުމަށް އާންމުން ތިބީ ކެތްމަދުވެފަ އެވެ.

ބަތަލާ ވާނީ ބޮލީވުޑަށް ތައާރަފްވީ 2013 ވަނަ އަހަރު ނުކުތް ފިލްމު "ޝުދް ދޭސީ ރޮމޭންސް" އިންނެވެ. މި ފިލްމުގެ އެކްޓަރަކީ ސުޝާންތު ސިންހް ރާޖްޕުތް އެވެ. ބަތަލު އަޔޫޝްމަން ބޮލީވުޑަށް ތައަރަފްވީ ޔަމީ ގޯތަމް އާއެކު ވިކީ ޑޯނާ އިންނެވެ.

comment ކޮމެންޓް