ރިޗާ އާއި ފަޒަލްގެ ކައިވެނި އަންނަ އަހަރު

ރިޗާ އާއި ފަޒަލް--

ބޮލީވުޑްގެ ހިތްގައިމު ޖޯޑު ރިޗާ ޗައްޑާ އާއި އަލީ ފަޒަލް ކައިވެނިކުރާނީ އަންނަ އަހަރު ކަމަށް ބުނެފި އެވެ.

އެދެތަރިން އެންމެ ފުރަތަމަ ކައިވެނިކުރަން ނިންމީ މިދިޔަ އޭޕްރިލް މަހު އެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އިންޑިއާ ލޮކްޑައުންކުރުމާއެކު ދެތަރިންގެ ކައިވެނި މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ. މުމްބާއީ މިރޯ އަށް ދިން އިންޓަވިއުއެއްގައި ރިޗާ ބުނީ މިއަހަރު ތެރޭ ކައިވެނިކުރުމުގެ ވިސްނުމެއް ދެން ނެތް ކަމަށާއި ކައިވެނިކުރާނީ އަންނަ އަހަރުކަމަށެވެ. އަދި ކައިވެނި ފަސްކުރަންޖެހުނީ މިހާރުގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށެވެ.

ރިޗާ ބުނީ ކައިވެނިކުރާނެ ތާރީހެއް ކަނޑަނޭޅި ނަމަވެސް އަންނަ އަހަރު ކުރީކޮޅު ކައިވެނިކުރަން ނިންމާފައިވާނެ ކަމަށެވެ.

ރިޗާއާއި ފަޒަލްވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައެއްނުވެ އެވެ. ފަޒަލްއަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ އެކްޓަރެއް ވެސްމެ އެވެ. ފަޒަލް ވަނީ "ފާސްޓް އެންޑް ފިއުރިއަސް 7" ވެސް ކުޅެފަ އެވެ. އޭނާގެ ކުރިއަށް ހުރި ހޮލީވުޑް ފިލްމުތަކުގެ ތެރޭގައި "ޑެތު އޮން ދަ ނައިލް" ހިމެނެ އެވެ.

comment ކޮމެންޓް