ގިނަ ދަރިވަރުން ބޭނުންވަނީ އޭލެވެލް ހަދަން: ދިރާސާ

ފެބްރުއަރީ 24، 2020: ހިމަބިހި އަދި ރުބެއްލާއަށް ޑޯޒް ހަމަނުކުރާ ހުރިހާ ފަރާތްތަކަށް އަމާޒުކޮށްގެން "މަވެސް ޖަހައިފިން" ނަމުގައި ގައުމީ ފެންވަރުގެ ވެކްސިން ޖެހުމުގެ ކެމްޕެއިން ފެށުމަށުގެ ގޮތުން އަމީނިއްޔާ ސުކޫލް ހޯލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން ގިނަ ކުދިން މަތީ ސާނަވީ ތައުލީމު ފުރިހަމަކުރަން ބޭނުންވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކައިފި އެވެ.

ހަޔާ އެޑިއުކޭޝަނުން ވަނީ ސްކޫލް ނިންމާ ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ. އެ ސާވޭގެ ނަތީޖާތައް ދައްކާގޮތުން، 31.5 ދަރިވަރުން ބޭނުންވަނީ އޭލެވެލް ފުރިހަމަ ކުރާށެވެ.

އަދި 23.6 ޕަސެންޓު ކުދިން ބުނެފައިވަނީ، ގްރޭޑް 10 ނިންމުމަށްފަހު މަތީ ތައުލީމުގެ ކޯހެއް ނުވަތަ ތަމްރީނެއް ފުރިހަމަކުރަން ބޭނުންވާ ކަމަށެވެ. އަދި 14.8 ޕަސެންޓު ކުދިން ބޭނުންވަނީ 'ގެޕް އިޔާ' އެއް ނެގުމަށެވެ.

ސާވޭގެ ބައިވެރިންގެ ތެރެއިން 21.1 ޕަސެންޓު ކުދިން ވަނީ ގްރޭޑް 10 ނިންމުމަށްފަހު ޕާޓް ޓައިމްކޮށް ވަޒީފާއަށް ދާން ބޭނުންވާކަމަށް ބުނެފައެވެ. ފުލް ޓައިމްކޮށް ވަޒީފާއަށް ދާން ބޭނުންވާކަމަށް ނުވަ ޕަސެންޓު ކުދިން ވަނީ ބުނެފަ އެވެ.

ގިނަ ކުދިން ޕާޓް ޓައިމް ވަޒީފާއަށް ދާން ބޭނުންކަމަށް ބުނެފައި ވަނީ އެ ދާއިރާއަށް ހުރި ޝައުގުވެރިކަމެއް ސަބަބުންނެވެ. ގިނަ ކުދިން ގެޕް އިޔާއެއް ނަގަން ބޭނުންކަމަށް ބުނެފައި ވަނީ އަމިއްލަ ސަބަބުތަކަށެވެ.

އެ ސާވޭއިން އެނގުނު ގޮތުގައި، ލިބެންހުރި މަތީ ތައުލީމުގެ ފުރުސަތުތަކުގެ މައުލޫމާތު ގިނަ ކުދިންނަށް އެންމެ އެކަށީގެންވާ މިންވަރަކަށް ނޭނގެއެވެ. ފުރުސަތުގެތަކުގެ މައުލޫމާތު ވަރަށް ރަނގަޅަށް އެނގޭ ކަަށް ބުނެފައި ވަނީ ފަސް ޕަސެންޓު ކުދިންނެވެ.

އެފަދަ ފުރުސަތުތަކުގެ މައުލޫމާތު ކޮންމެސް ވަރަކަށް ލިބިފައިވާ ކަމަށް 60 ޕަސެންޓު ކުދިން ބުނެފައިވާއިރު، އެފަދަ މައުލޫމާތު ނޭނގޭ ކަމަށް 18 ޕަސެންޓު ކުދިން ބުނެފައިވެ އެވެ.

ފުރުސަތުތަކުގެ މައުލޫމާތު ގިނަ ކުދިންނަށް ލިބެނީ ސޯޝަލް މީޑިއާއިންނެވެ. ދެން އެންމެ ގިނައިން މައުލޫމާތު ލިބިފައިވަނީ އާއިލާއާއި އެކުވެރިންގެ އިތުރުން ސްކޫލުންނެވެ.

comment ކޮމެންޓް