އެމްއެމްއޭ އާއި ބޭންކުތައް މާދަމާ ހުޅުވާނެ

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ބޭންކްތައް މާދަމާވެސް ހުޅުވާފައި ހުންނާނެ ކަމަށް އެ އޮތޯރިޓީއިން ބުނެފި އެވެ.

ސަރުކާރުން ވަނީ ސަރުކާރު އޮފީސްތައް ކުރިއަށް އޮތް ތިން ދުވަހަށް ބަންދުކުރަން ނިންމާފަ އެވެ. އެމްއެމްއޭއިން ބުނީ ހަތަރެއް އޮގަސްޓުން ހައެއް އޮގަސްޓަށް ސަރުކާރު އޮފީސްތައް ބަންދު ކުރި ނަމަވެސް މާދަމާ އެ އޮތޯރީޓީ އާއި ބޭންކްތައް ހުޅުވާނެ ކަމަށެވެ.

ނަމަވެސް ބުދަ އަދި ބުރާސްފަތި ދުވަހު އެމްއެމްއޭ އަދި ބޭންކްތައް ނުހުޅުވާނެ ކަމަށް އެ އޮތޯރިޓީއިން ބުންޏެވެ.

މާދަމާ ބޭންކިންގެ ހިދުމަތް ދިނުމާއި ސިޓީއާއި ތަކެތި ބަލައިގަތުމަށް ނިންމާފައިވަނީ ހެނދުނު 8:30 އިން ފެށިގެން ދޭއް ޖަހަންދެންނެވެ.

comment ކޮމެންޓް