ކްރިޝް 4 ގެ ބަތަލާއަކަށް ކްރީތީ

ކްރިޝްގެ ހަތަރު ވަނަ ބައިން ފެނިގެންދާނީ ކްރީތީ ކަމަށް ޚަބަރުތައް ބުނޭ---

ކާމިޔާބު ފްރެންޗައިޒް ކްރިޝްގެ ހަތަރު ވަނަ ބައިގެ އަންހެން ބަތަލާއަކަށް ކްރީތީ ސެނަން ހަމަޖައްސާފައިވާކަމަށް ހަބަރުތައް ބުނެފި އެވެ.

ރިތިކް ރޯޝަންގެ ބައްޕަ ރާކޭޝް ރޯޝަންގެ ކާމިޔާބު ފްރެންޗައިޒް ކްރިޝްގެ ހަތަރު ވަނަ ބައި ކުޅުމަށް ކްރީތީ ސޮއިކޮށްފައިވާކަމަށް ވެސް މިހާރު އަންނަނީ އަޑު ފެތުރެމުންނެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން އަދި ކަށަވަރުކޮށްދީފައެއްނުވެ އެވެ.

ކްރިޝް އަކީ ރިތިކް ރޯޝަންގެ ފެނިލުން ފެނިގެންދާ ސީކުއަލްތަކެކެވެ. ކްރީތީ މި ފިލްމު ކުޅުމަށް އެއްބަސްވެ ސޮއިކޮށްފިނަމަ މި ފިލްމުވެގެންދާނީ ރިތިކް އާއެކު ކްރީތީ ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ. މި ފިލްމަކީ ބޮލީވުޑްގެ ސުޕަހީރޯ، ސައިންސް ފިކްޝަންގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ.

ކްރިޝްގެ ސީރީޒްތަކަށް ބެލުންތެރިންގެ މަގްބޫލުކަން ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ.

comment ކޮމެންޓް