ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓު ހުޅުވައިފި

ރެޑިސަން ބްލޫ މޯލްޑިވްސް -- ފޮޓޯ: ރެޑިސަން ބްލޫ

އދ. ހުރުއެެޅީގައި ތަރައްގީކުރި ރެޑިސަން ބްލޫ މޯލްޑިވްސް ހުޅުވައި ފަތުރުވެރިންނަށް ހިދުމަތް ދޭން ފަށައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 30 މިނެޓުން ސީޕްލޭންގައި ދެވޭ ސަރަހައްދުގައި އޮންނަ މި ރިސޯޓަކީ ރެޑިސަން ހޮޓެލް ގްރޫޕާއި ޝެންގް ހުއާ ހޯލްޑިންގްސް ގުޅިގެން ހިންގާ ފަސްތަރީގެ ރިސޯޓެކެވެ.

ރިސޯޓުގެ އޯވާ ވޯޓާ ވިލާތައް ހިތުގެ ބައްޓަމަކަށް އަތުރާފައި ހުންނައިރު، މި ރިސޯޓުގައި ޖުމްލަ 128 ވިލާ ހުރެ އެވެ. އެގޮތުން އޯވާ ވޯޓާ ވިލާގެ އިތުރުން ބީޗުވިލާ، ދެ ކޮޓަރީގެ ބީޗު ވިލާ، ދެ ބެޑް ރޫމްގެ ބީޗު ސޫޓް ވިލާ ތިން ބެޑްރޫމްގެ އޯވާ ވޯޓާ ވިލާ، ތިން ބެޑްރޫމްގެ ފެމެލީ ބީޗް ވިލާ، ތިން ބެޑްރޫމްގެ ފެމެލީ ސޫޓް ވިލާ އަދި ޕްރެޒިޑެންޝަލް ވޯޓާ ވިލާ މި ރިސޯޓުގައި ހުރެ އެވެ. ހުރިހާ ވިލާއެއްގައި ވެސް ޕްރައިވެޓް ޕޫލް ހުރެ އެވެ.

އާއިލާތަކަށާއި ލޯބިވެރިން އަދި ހަނީމޫނަށް ރާއްޖެ އަންނަ ފަރާތްތަކަށް ހާއްސަ ހިދުމަތްތައް މި ރިސޯޓުން ދޭއިރު މަތީފަންތީގެ ގިނަ ހިދުމަތްތަކެއް މި ރިސޯޓުން ލިބޭނެއެވެ.

ރެޑިސަން ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 400 އަށްވުރެ ގިނަ ހޮޓެލް ޕްރޮޕަޓީ ހިންގާއިރު މިއީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ހޮޓެލް ބްރޭންޑެވެ.

ރެޑިސަން ބްލޫ ހުރުއެޅި މޯލްޑިވްސް އަކީ މި ހޮޓެލް ޗެއިން އިން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.

comment ކޮމެންޓް