ދެން އަންނާނީ މަނީ ހައިސްޓުގެ ފަހު ސީޒަން!

މަނީ ހައިސްޓުގެ ފަސް ވަނަ ސީޒަން ވެގެންދާނީ އެންމެ ފަހު ސީޒަނަށް---

ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސްޕެނިޝް ސީރީޒް "މަނީ ހައިސްޓް"ގެ ފަސް ވަނަ ސީޒަނަކީ ހެއިސްޓަށް ނިމުން ގެންނަ ސީޒަން ކަމަށް ނެޓްފްލިކްސް އިން ބުނެފި އެވެ.

އެއާއެކު ސީޒަން ފަހެއް ވެގެންދާނީ މަނީ ހައިސްޓުގެ އެންމެ ފަހު ސީޒަނަށެވެ. ކަޅު ވެލިގަނޑެއް މަތީ މަނީ ހައިސްޓުގެ މާސްކު ބޭއްވުމަށް ފަހު ފޮޓޯއެއް ނެގުމަށް ފަހު ނެޓްފްލިކްސްއިން ވަނީ ޕޯސްޓްކޮށްފަ އެވެ. ސީޒަން ފަހެއްގައި ޖުމްލަ 10 އެޕިސޯޑު ހިމެނޭއިރު މި ސީޒަން ވެގެންދާނީ މުޅި ހައިސްޓުގެ ވެސް އެންމެ ގިނަ ކަންތައް ހިނގާ އަދި އެންމެ ސަޅި ސީޒަނަކަށްވާނީ ފަހު ސީޒަންކަމަށް ހެއިސްޓުގެ ޓީމުން ކަށަވަރުކޮށްދެ އެވެ.

ނެޓްފްލިކްސްގެ ސީރީޒް "މަނީ ހައިސްޓް"ގެ ހަތަރު ވަނަ ބައެއް ގެނެސްދިނީ މިދިޔަ އޭޕްރިިލް މަހުގެ ތިން ވަނަ ދުވަހު އެވެ.

ހަތަރު ވަނަ ސީޒަން ނިމުނުއިރު ވަނީ އެންމެން ސިއްސުވައިލުމަށް ފަހު ނައިރޯބީ މަރާލައިފަ އެވެ. އަދި ފަހު އެޕިސޯޑް ނިމުނުއިރު އިންސްޕެކްޓަރު އެލީސިއާ ވަނީ ސީރީޒްގެ މައިގަނޑު ކެރެކްޓާ ޕްރޮފެސަރު ހުރި ތަނެއް ހޯދައި އޭނާ ގާތަށް ގޮސްފައެވެ. އަދި ހައިސްޓްގެ ހުރިހާ މެންބަރުން ވެގެން ނައިރޯބީއަށްޓަކައި ހައިސްޓް ކާމިޔާބުކުރުމަށް ވަނީ އަޒުމު ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް