ކޮރޮއާ ޕެނިންސިއުލާގައި އިތުރު ހަނގުރާމައެއް ފެށުނަ ނުދިނުމަށް ނިއުކުލިއާ ހަތިޔާރުހުރުން މުހިންމު: ކިމް ޖޮންގް އުން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން -- ފޮޓޯ: އޭއެފްޕީ

ކޮރޮއާ ޕެނިންސިއުލާގައި އިތުރު ހަނގުރާމައެއް ފެށުން ހުއްޓުވަން ނުވަތަ "ޑިޓަރެންޓް" އެއްގެ ގޮތުގައި ނުވަތަ އެހެން ގައުމުތަކުން އުތުރު ކޮރެއާއަށް ހަމަލާ ދިނުން ހުއްޓުވުމަށް ނިއުކުލިއާ ހަތިޔާރުހުރުން މުހިންމު ކަމަށް އުތުރު ކޮރެެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ 1950-1953 އަކަށް ކުރިއަށްދިޔަ ކޮރެއާ ހަނގުރާމަ ނިމުމުގެ 67 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

"އިސްތިއުމާރީ ބާރުތަކުން އަޅުގަނޑުމެންނަށް އަންނަ ޕްރެޝަރުތަކާއި އަސްކަރީ ގޮތުން އަންނަ ނުރައްކާތަކުން އަމިއްލައަށް ދިފާއުވުމުގެ ގާބިލްކަން ހުރި ގައުމަކަށް މިހާރު އަޅުގަނޑުމެންގެ ގައުމު ވަނީ މިހާރުވެފައި." ކިމް ވިދާޅުވި އެވެ.

ނިއުކުލިއާ ހަތިޔާރުގެ މައްސަލައިގައި ހައްލެއް ހޯދަން 2018 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަަމްޕް އަދި އުތުރުކޮރެއާގެ ލީޑަރާ ދެމެދު ވާހަކަތައް ވެސް ބޭއްވި އެވެ. ނަމަވެސް އޭގެން އެދެވޭ ނަތީޖާއެއް ނުކުމެފައެއް ނުވެ އެވެ.

ކިމް ޖޮންގް އުންގެ ދައްތަ ކިމް ޔޯ ޖޮންގެ މިމަހުގެ ކުރީކޮޅު ވިދާޅުވީ އެމެރިކާ އިން އަލުން އުތުރުކޮރެއާއާ ވާހަކަތައް ބާއްވަން ބޭނުން ނަމަ އެމެރިކާއިން މިހާރު މުއާމަލާތް ކުރަން ބޭނުންކުރާ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ނިއުކުލިއާ ހަތިޔާރުނައްތާލުމަށް ވުރެ އެމެރިކާއިން އުތުރު ކޮރެއާއާ ޖައްސާލައިގެން އުޅޭ އުޅުން ނިމުމަކަށް ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށް ކިމް ވަނީ ވިދާޅުވި އެވެ.

އުތުރުކުރެއާއަކީ އެމެރިކާގެ ޒަމާންވީ ހަތުރެކެވެ. މީގެ ކުރިން ދެ ކޮރެއާ ދެމެދު ހިނގި ހަނގުރާމައިގައި ވެސް އެމެރިކާއިން ތާއިދުކޮށްފައި ވަނީ ދެކުނު ކޮރެއާއަށެެވެ. ދެކުނު ކޮރެއާއާ ގުޅުން ބަދަހިކޮށް އެމެރިކާގެ ސިފައިންގެ ފައުޖުރައް އުތުރުކޮރެއާ އޮންނަ ސަރަހައްދުގައި ތިއްބާތީ ވެސް އުތުރުކުރެއާއިން ވަރަށް ނުހުހުންވެ އެވެ. --ސީއެންއެން---

comment ކޮމެންޓް