ލިއޮނާޑޯ ޑިކެޕްރިއޯ ކައިވެނިކުރަނީތަ؟

ކަމީލާ އާއި ލިއޮނާޑޯ---

ކުޅަދާނަ ފިލްމީ ތަރި ލިއޮނާޑޯ ޑިކެޕްރިއޯ 45، ކައިވެނިކުރަން އުޅޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލިއޮނާޑޯ ކައިވެނިކުރަން އުޅެނީ ލޯބިވެރިޔާ ވަންސް އަޕޯން އަ ޓައިމްގެ ތަރި ކަމީލާ މޮރޯން 23، އާއެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި ދެތަރިން މިހާރު އެންގޭޖްވެސްވެފައިވާއިރު މިހާރު ދެތަރިން ބޭނުންވަނީ އަވަސްމުސްތަގްބަލެއްގައި ކައިވެނިކުރާށެވެ. އަދި ކައިވެނިކުރުމަށް ރާވަމުން އަންނަކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ދެ ތަރިން ކައިވެނިކުރުމަށް ދެފަރާތުގެ އާއިލާއިންވެސް މިހާރު ރުހޭކަމަށާއި މި ކައިވެނި އަންނަ އަހަރުތެރޭ ކުރުމަށް ނިންމާފައިވާކަމަަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ކަމީލާ އާއި ލިއޮނާޑޯ އެންމެ ފުރަތަމަ ދިމާވީ ފްލޮރިޑާގެ އިވެންޓަކުންނެވެ. ދެތަރިން ލޯބީގެ ގޮތުން ގުޅުނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

comment ކޮމެންޓް