މެލޭޝިއާގައި ކިޔަވާކުދިންގެ ތެރެއިން އެނބުރިދާން ބޭނުންވާ ކުދިންނަށް ހާއްސަ ފްލައިޓެއް

މޯލްޑިވިއަންގެ އެއާބަސް. މީގެ ކުރިން މެލޭޝިއާގއި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަން އިނ ވަނީ ދަތުރުތަކެއް ބާއްވާފައި -- ފޮޓޯ: މޯލްޑިވިއަން

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުންނަށް ހާއްސަކޮށްގެން ފްލައިޓެއް ބާއްވަން ނިންމައިފި އެވެ.

އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ސަން އަށް ވިދާޅުވީ މެލޭޝިއާގައި ކިޔަވާ ކުދިންގެ ތެރެއިން މެލޭޝިއާ އަށް ދާން ބޭނުންވާ ކުދިންނަށް ހާއްސަ ފްލައިޓެއް އޭސް ޓްރެވަލްސް އިންބާއްވަން ނިންމާފައިވާ ކަމަށެވެ.

އެ ފްލައިޓު ބާއްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފްލައިޓާ ގުޅޭ އިތުރު މައުލޫމާތު އޭސް ޓްރެވަލަސްގެ ފޯނު ނަންބަރު 3336886 ނުވަތަ 7931334 އިން ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ގިނަ އަަދަދެއްގެ ދަރިވަރުން ވަނީ ރާއްޖެ އައިސްފަ އެވެ. އޭގެ ތެރޭގައި މެލޭޝިއާގައި ކިޔަވާ ދަރިވަރުން ވެސް ހިމެނެ އެވެ.

މެލޭޝިއާ އަށް ދާން ބޭނުން ދަރިވަރުންނަށް ހާއްސަ ފްލައިޓެއް ބާއްވަން ނިންމާފައިވާ އިރު އެ ފްލައިޓުން މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޮންނާނެ ކަމަށް އެ ފަރާތުން ބުންޏެވެ.

ކޮވިޑް19 އާއި ގުޅިގެން މެލޭޝިއާގެ ކޮލެޖު ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިން ކޮށްފައިވާއިރު އަންނަ އޮކްޓޯބަރުގެ ތެރޭގައި ކޮލެޖު، ޔުނިވާސިޓީތަކުގެ ފިޒިކަލް ކްލާސްތައް ފަށަން ދަނީ މަސައްކަތް ކުރަމުންނެވެ.

މެލޭޝިއާގެ ނޫސްތައް ބުނާ ގޮތުން މެލޭޝިއާގައި ކިޔަވާ ބޭރު ދަރިވަރުން އަނބުރާ އެގައުމަށް އެތެރެވާނަމަ، އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލްގައި ރެޖިސްޓްރީވާން ޖެހެ އެވެ. އަދި އިމިގްރޭޝަން ހުއްދަ ލިބުމުން ނޫނީ އެގައުމަށް އެތެރެ ނުވެވޭނެ ކަމަށާއި މެލޭޝިއާ އަށް އެތެރެވުމަށް ފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މެލޭޝިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމު ހާސިލްކުރަމުން އަންނަ ގައުމެކެވެ.

comment ކޮމެންޓް