އެޕަލްގެ އެންމެ އަގުހެޔޮ އައިފޯން އެސްއީ އުރީދޫ މޫލީއަށް

އުރީދޫ މޯލްޑިވްސްއިން އެޕަލްގެ އެންމެ އަގުހެޔޮ އައިފޯން ކަމަށްވާ އައިފޯން އެސްއީ ރާއްޖެއަށް ލޯންޗްކޮށްފި އެވެ.

ފަހުގެ އެހެން އައިފޯނުތަކާ އަޅާ ބަލާއިރު ސައިޒުން ކުޑަ ކަމުގައި ވީނަމަވެސް މި ބާރުގަދަ ފޯނު ފަރުމާ ކުރެވިފައިވަނީ ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ އެންމެ އަވަސް ޗިޕް ކަމުގައިވާ އޭ13 ބައޯނިކް ޗިޕް ބޭނުންކޮށްގެންނެވެ.

މީގެ އިތުރުން އައިފޯން މޮޑެލްތަކުގެ ތެރެއިން އެންމެ ވަރުގަދަ ސިންގަލް ކެމެރާ ސިސްޓަމް ވެސް ހިމެނެނީ އައިފޯން އެސްއީގަ އެވެ.

އައިފޯން އެސްއީ (ޖެން 2) ގެ އަގުތައް؛

  • އައިފޯން އެސްއީ 128 ޖީބީ: 9،399ރ
  • އައިފޯން އެސްއީ 256 ޖީބީ: 11،499ރ

އުރީދޫއިން ބުނީ އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، އުރީދޫ މޫލީ މެދުވެރިކޮށް ގަންނަ އައިފޯން އެސްއީ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެ ކަމަށެވެ.

comment ކޮމެންޓް