އައިއެސް އަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ހިމެނުމަށް މިގައުމުގައި މަސައްކަތް ކުރޭ: މަޖިލިސް ރައީސް

ރައީސް ނަޝީދު: އައިސިސް އަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ހިމެނުމަށް މިގައުމުގައި މަސައްކަތް ކުރާ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަރުކަށި ފިކުރުގެ ޖަމާއަތެއްގައި ގޮތުގައި އިއުލާންކޮށްފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އަކީ މިރާއްޖޭގެ ބައެއްގެ ގޮތުގައި ހިމެނުމަށް މިގައުމުގައި މަސައްކަތް ކުރާ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް މިގޮތަށް ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގަ އެވެ.

އެމަނިކުފާނު ވިދާޅުވީީ، ރާއްޖޭގައި ތަފާތު އެކި ފިކުރު އުފެދިގެން އަންނަ ކަމަށެވެ. އެގޮތުން އެއް ދައުލަތެއްގެ ގޮތުގައި އަރަބި ކަރަ އޮތުމަށް މަސައްކަތް ކުރާ މީހުންގެ ވިސްނުމަށް ރާއްޖެވެސް ހިމެނުމަށް ބަޔަކު އަބަދުވެސް މަސައްކަތް ކުރާ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ އައިސް ޖަމާއަތުން އެ ހިންގަވާ މަސައްކަތްތަކުގައި ރާއްޖެއަަކީ، އެމީހުންގެ ދައުލަތުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ހިމެނުމަށް މިތަނުގައި އެމީހުންގެ ނެޓްވޯކް ހިންގާ. އެއީ ރާއްޖޭގެ އިދާރާތަކަށް ސާފުވާ ކަމެއް،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެގޮތަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

"ރައްޔިތުންނާއި ސިފައިން މި ތިބީ، އަޅުގަނޑަށް ޔަގީން ކަށަވަރު ރާއްޖޭގެ މިނިވަންކަން ކުޑަ މިންވަރަކަށްވެސް ދޫކުރާ ގޮތަކަށް ނޫން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސްގެ ހިތޯބުގައި އެމަނިކުފާނު ވަނީ، ޗައިނާއަށްވެސް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާތަކެއް ރައްދުކޮށްފަ އެވެ. އެގޮތުން އިންޑިއާ ކަނޑަށް ނިސްބަތް ނުވާ ގައުމަކުން މި ސަރަައްދަށް އަތް ގަދަ ކުރުމަކީ، ފައިދާ ހުރި ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަރުކަށި ދީނީ ފިކުރު ޖަމާއަތްތަށް ވަރށް ފުޅާ ދާއިރާއެއްގައ ރާއްޖޭގަ މަސައްކަތް ކުރަމުންދާ ކަމަށް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުންވެސް ވަނީ ބުނެފަ އެވެ. އަދި އެ ފިކުރާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ވަނީ އޮޕަރޭޝަންތައް ހިންގައި ބައެއް މީހުން ހައްޔަރުކޮށް، ބައެއް މީހުންނާ ދެކޮޅަށް ދައުވާވެސް ކޮށްފަ އެވެ.

comment ކޮމެންޓް