މިނިވަން ދުވަހާއި އަޟްހާ އީދަށް އުރީދޫއިން ހާއްސަ އޮފާތަކެއް

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ މިނިވަން ދުވަހާއި އަޟްހާ އީދުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުވައި، ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

މި އޮފާތައް ތައާރަފުކޮށްފައިވަނީ މިނިވަން ދުވަހާއި އަޟްހާ އީދާއި ގުޅިގެން ލިބޭ މި ބަންދުގައި، ގޭގައި ތިބެގެންވެސް ދުރުގައިތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.

ޢީދު ކޮމްބޯ ޕެކް

މިއީ މި ޗުއްޓީ ތެރޭގައި އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް އުރީދޫއިން ތައާރަފުކުރި ޕެކެކެވެ.

އީދު ކޮމްބޯ ޕެކްގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ 1 ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސް އެވެ. އެންމެ 35 ރުފިޔާއަށް ލިބޭ މި ޕެކޭޖް އެކްޓިވޭޓް ކުރެއްވުމަށް #1*929* އަށް ގުޅައި ނުވަތަ ED 35 ޖެހުމަށްފަހު 5555 އަށް އެސްއެމްއެސް ކުރާށެވެ. އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް މި ލިންކުން އުރީދޫ އެޕް ޑައުންލޯޑް ކުރެވޭނެ އެވެ.

މަގޭ ޕްލޭން އެކްސްކްލޫސިވް އޮފާ

މަގޭ ޕްލޭންއަށް ހާއްސަ މި އޮފާގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ތިން ދުވަހުގެ މުއްދަތަކަށް، ތިން ޖީބީގެ ޑޭޓާ، އެންމެ 75 ރުފިޔާއަށް ގަނެވޭނެ އެވެ. މި ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްލުމަށް:

  • އުރީދޫ އެޕްއަށް ލޮގިންވުމަށްފަހު އެޕްގެ ސެލްފް ކެއަރ ސެކްޝަނުން ރިކޮމެންޑެޑް ޕެކޭޖަސް އިހްތިޔާރު ކުރައްވާ
  • ގެންގުޅޭ ނަންބަރަށް އެކްޓިވޭޓް ކުރުމަށް FOR MYSELF ޓެބް ނުވަތަ ރައްޓެއްސަކަށް މިޕެކް ހަދިޔާ ކުރުމަށް GIFT A FRIEND ޓެބް ހިޔާރު ކުރައްވާ
  • Magey Eid Offer ޕެކްގައިވާ (+) ފާހަގައަށް ފިތާލައްވާ
  • CONFIRM ބަޓަނަށް ފިތާލެއްވުމަށްފަހު ފައިސާ ދައްކަވާ

އުރީދޫގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ހާއްސަ އޮފާތައް 26 ޖުލައި 2020 އިން 3 އޯގަސްޓް 2020 ގެ 23:59 ނިޔަލަށް އުރީދޫ އެޕް މެދުވެރިކޮށް ގަނެވޭނެ އެވެ.

comment ކޮމެންޓް