އަމްރިތާއަށް ބޭސްފަރުވާއަށް ދިޔަ ތިން ދިވެއްސަކު މަރުވެއްޖެ

އާސަންދައިގެ ދަށުން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ބޭސްފަރުވާ ކުރަން ދިޔަ ތިން ދިވެއްސަކު މަރުވެއްޖެ އެވެ.

އާސަންދައިން ބުނީ މަރުވި މީހުންނަކީ ރާއްޖެއިން ފުރިއިރު ވެސް ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ތިން ޕޭޝަންޓުން ކަމަށެވެ.

މަރުވި ތިން މީހުންނަކީ ވެސް ކޮވިޑަށް ފަރުވާ ކުރަމުންދިޔަ ބައެއް ނޫން ކަމަށް ވެސް އާސަންދައިން ބުނެ އެވެ.

އަމްރިތާއަށް ދިޔަ ތިން މީހަކު މަރުވެފައިވާއިރު، މިހާރު ފަރުވާއަށް އަމްރިތާ ހޮސްޕިޓަލަށް ގޮސް ތިބި ބަލިމީހުންނާއި އެހީތެރިންގެ ތެރެއިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެ ތިން މީހުން ވަނީ ވަކިން ކަރަންޓީން ކޮށްފަ އެވެ.

އާސަންދައިން ބުނީ ބައެއް މީހުން ވަކިން އައިސޮލޭޓް ވެސް ކުރަން ޖެހިފައިވާ ކަމަށާއި އެކަމާ ގުޅިގެން މިވަގުތު އަމްރިތާގައި އިތުރަށް ކަރަންޓީން ކޮށްގެން ފަރުވާ ދެވޭނެ ޖާގަ ނެތުމުން ބުދަ ދުވަހު ފަރުވާއަށް ފޮނުވާ ބެޗު، ކިމްސް ހޮސްޕިޓަލަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް