ލޮނުޒިޔާރަތް ބަގީޗާ އަންނަ ހަފްތާގައި ނިންމާލަނީ

ލޮނުޒިޔާރަތްކޮޅުގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކުރާ "ލޮނުޒިޔާރަތް ބަގީޗާ" --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރާ ބަގީޗާގެ މަސައްކަތް އަންނަ ހަފުތާގައި ނިންމާލެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މިއަދު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ބަގީޗާގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާއި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތްތައް މުޅިން ނިންމާލެވޭނެ ކަމަށެވެ.

އަދި ބަގީޗާ އާންމުކޮށް ހުޅުވާލާނެ ތާރީހެއް ވެސް ވަރަށް އަވަހަށް އިއުލާނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތަފާތު، އެހާމެ ހިތްގައިމު މާހައުލެއް މާލެއިން ވެސް ފެންނާނެ. އިންތިޒާރުކޮށްލައްވާ،" ޝަމާއު ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރި އިރު އެ ސަރަހައްދު ބޭނުންކުރީ ބްރިޖު މަސައްކަތްކުރި ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައެވެ. ނަމަވެސް ބުރިޖުގެ މަސައްކަތް ނިމުމުން، އެތަން ރޫޅާލާ، މިދިޔަ އަހަރުގެ މެދު ތެރޭގައި ވަނީ ޕާކެއްގެ ގޮތުގައި ތަރައްގީކުރަން ފަށައިފިއެވެ.

comment ކޮމެންޓް