އައުޓާ ބޭންކްސްގެ ދެވަނަ ސީޒަނެއް އަންނާނެ

އައުޓާ ބޭންކްގެ ތަރިން---

ނެޓްފްލިކްސް އޮރިޖިނަލ ސީރީޒްް "އައުޓާ ބޭންކްސް" ދެވަނަ ސީޒަނަކަށް ރިނިއުކޮށްފިއެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އައުޓާ ބޭންކްސްގެ ދެވަނަ ސީޒަނެއް އަންނާނެކަން ނެޓްފްލިކްސް އިން ރޭ ކަށަވަރުކޮށްދިނުމާއެކު އައުޓާ ބޭންކްސްގެ ގިނަ ފޭނުން އަންނަނީ އުފާފާޅުކުރަމުންނެވެ. އަދި އެ ޚަބަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ.

ޓީނޭޖު ކުދިންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ މި ސީރީޒަކީ ޝައުގުވެރި އެތައް ކަންތައްތަކެއް ހިމެނޭ ޝޯއެކެވެ.

މި ސީރީޒްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.

އައުޓާ ބޭންކްސްގެ ދެވަނަ ސީޒަނެއް އަންނާނެކަން ޔަގީންވެފައިވާއިރު މި ސީޒަން ދައްކާނެ ތާރީޚެއް އަދި ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުގައި އައުޓާ ބޭންކްސްގެ ދެވަނަ ސީޒަން އަންނަ އަހަރު ފަހުކޮޅު ނުވަތަ 2022 ވަނަ އަހަރު ކުރީކޮޅު ރިލީޒްކުރާނެއެވެ.

comment ކޮމެންޓް