ޓޭލާ ސްވިފްޓް އާ ލަވަ އަލްބަމެއް ނެރެފި

ޓޭލާ ސްވިފްޓް--

ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އާ ލަވަ އަލްބަމެއް އިއްޔެ ރިލީޒްކޮށްފިއެވެ.

"ފޯކްލޯ"ގެ ނަމުން ނަންދީފައިވާ މި އަލްބަމަކަީ ޓޭލާގެ މިއަހަރުގެ ފުރަތަމަ ލަވަ އަލްބަމެވެ. އަދި ޓޭލާގެ އަށްވަނަ ސްޓޫޑިއޯ އަލްބަމްވެސްމެއެވެ. ހިތްގައިމު މަޑުމައިތިރި ލަވަތަކެއް ހިމެނޭ މި އަލްބަމުގައި ޖުމްލަ 16 ލަވަ ހިމެނެއެވެ.

ޕޮޕް އަދި ކަންޓްރީ ޖޯންރާގެ ގިނަ ލަވަތަކެއް ރިލީޒްކޮށްފައިވާ ޓޭލާ އެންމެ ފަހުން ރިލީޒްކުރި އަލްބަމަކީ "ލަވަރ" އެވެ. އެ އަލްބަމް ވަނީ ގިނަ ރެކޯޑްތަކެއްވެސް މުގުރާފައެވެ. އެގޮތުން އެ އަލްބަމް ރިލީޒްކުރި ފުރަތަމަ ހަފްތާގެތެރޭގައި 867،000 ކޮޕީ ވަނީ ވިކިފައެވެ. އެ އަދަދަކީ މިހާތަނަށް އަލްބަމް އަކަށް ހަފްތާއެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީ ލިބުނު އަލްބަމްވެސް މެއެވެ.

comment ކޮމެންޓް