ޑެމީ ލޮވާޓޯ އެންގޭޖްވެއްޖެ

ޑެމީ އާއި އޭނާގެ ބައިވެރިޔާ މެކްސް އެއްރިޗް ---

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯ އޭނާ ގުޅިގެން އުޅުނު މެކްސް އެއްރިޗް އާ އެންގޭޖް ވެއްޖެ އެވެ.

ޑެމީ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ވަނީ އޭނާ އާއި މެކްސް އެންގޭޖުވެފައިވާ ކަން އާންމުކޮށްފައެވެ.

އިންސްޓަގްރާމްއަށް އަޕްލޯޑްކުރި ޕޯސްޓަކާއެކު އޭނާ ބުނެފައިވަނީ މެކްސްއާ ކައިވެނި ކުރަން ތައްޔާރު ކަމަށާއި މެކްސްއާ ކައިވެނިކުރުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ.

ޑެމީ އެންގޭޖްވެފައިވަނީ މެކްސްއާ ގުޅިގެން އުޅެން ފެށިތާ ހަތަރު މަސް ފަހުންނެވެ.

އޭނާގެ ޕޯސްޓާއެކު އެތައް ފޭނުންނެއް ދަނީ ޑެމީއަށް ތައުރީފުކޮށް މަރުހަބާގެ އެތައް މެސެޖުތަކެއް ފޮނުވަމުންނެވެ. އަދި އެންމެފަހުން އޭނާ އުފަލުގައި ހުރުމުން އެތައް ބައެއްގެ ހިތަށް ހަމަޖެހުން ލިބިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޑެމީ ލޮވާޓޯ އަކީ މަސްތުވާތަކެތީގެ އެޑިކްޝަންގެ ޝިކާރައަކަށް މީގެކުރީން ވެފައިވާ މީހެކެވެ. އަދި އެންމެ ފަހުން އޯވަޑޯޒްވެސް ވެފައެވެ. އެންމެ ފަހުން މީޑިއާ އާ ދުރަށް ދިޔުމަށްފަހު ޑެމީ ރިހެބިލިޓޭޝަނަށް ގޮސް އަލުން އާންމުންނާ ހަމައަށް އައިސްފައިވަނީ މިއަހަރުގައެވެ.

އަދި އެއަށްފަހު އާ މިއުޒިކް އުފައްދާ ޑެމީ ދަނީ އަލުން އޭނާގެ މަސައްކަތުގައި އެކްޓިވް ވަމުންނެވެ. އެއާއެކު އޭނާ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރި ދަތުރުގެ ވާހަކަވެސް އޭނާ ދަނީ އާންމުނަށް ހިއްސާކުރަމުންނެވެ.

comment ކޮމެންޓް