ޓެސްލާގެ ހިއްސާގެ އަގު އުުފުލުމުން ދުނިޔޭގެ 5 ވަނައަށް އެންމެ މުއްސަނދި މީހަކަށް މަސްކް

ޓެސްލާ އާއި ސްޕޭސް އެކްސްގެ ބާނީ އީލަން މަސްކް -- ފޮޓޮ: ރޮއިޓާސް

ޖާޒީ ސިޓީ (ޖުލައި 23): އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު އުފުލުމުން އެކުންފުނީގެ ބާނީ އީލަން މަސްކް، ދުނިޔޭގެ ފަސް ވަނައަށް އެންމެ މުއްސަނދި މީހާގެ ލަގަބު ކުޑަ ދުވަސްކޮޅަކަށް ހޯދައިފި އެވެ.

ފޯބްސް މެގަޒިންގައިވާ ގޮތުން މިދިޔަ ހޯމަ ދުވަހު ޓެސްލާގެ ހިއްސާގެ އަގު 1،643 ޑޮލަރަށް އެރުމުން މަސްކްގެ މިލްކިއްޔާތުގެ އަގު 74 ބިލިއަން ޑޮލަރަށް އެރި އެވެ. ނަމަވެސް އޭގެ ފަހުން ޓެސްލާގެ ހިއްސާގެ އަގު ވެއްޓިި، މިހާރު މަސްކްގެ މިލްކިއްޔާތު ވަނީ 72.2 ބިލިއަނަށް ދަށްވެފަ އެވެ. އަދި އޭނާ އަކީ މިހާރު ދުނިޔޭގެ އަށް ވަނައަށް އެންމެ މުއްސަނދި މީހާ އެވެ.

ޓެސްލާއަކީ މިހާރު ދުނިޔޭގެ އެންމެ އަގު ހުރި ކާރު ކުންފުންޏެވެ. އެގޮތުން އެ ކުންފުނީގެ އަގު މިހާރު 304 ބިލިއަން ޑޮލަރަށް އަރާފައިވާ އިރު އެއީ ފޯޑް އާއި ފެރާރީ އާއި ޖެނެރަލް މޮޓޯސް އާއި ބީއެމްޑަބްލިޔުގެ ޖުމްލަ އަގަށް ވުރެ ބޮޑު އަދަދެކެވެ.

މަސްކްއަކީ ޓެސްލާގެ އިތުރުން، ޖައްވީ އުޅަނދުތައް އުފައްދާ ކުންފުނި ސްޕޭސް އެކްސްގެ ވެރިޔާ އެވެ. އެ ކުންފުނީގެ އަގު މިހާރު 36 ބިލިއަން ޑޮލަރަށް އަރަ އެވެ.

ފޯބްސްގެ މުއްސަނދިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް އާއި މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް އާއި ލަގްޒަރީ ތަކެތި އުފައްދާ އެލްވީއެމްއެޗްގެ ވެރިޔާ ބާނާޑް އާނޯ އެވެ.

comment ކޮމެންޓް