ކޯސްތަކުގެ މައުލޫމާތު ދޭން އެމްއެންޔޫއިން "ވާޗުއަލް އޯޕަން ޑޭ" އެއް ބާއްވަނީ

އެމްއެންޔޫއިން ބޭއްވި އިވެންޓެއްގެ ތެރެއިން --- ފޮޓޯ: އެމްއެންޔޫ

ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން މަތީ ތައުލީމު އުނގެނުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން " ވަރޗުއަލް އޯޕަން
ޑޭ" ގެ ނަމުގައި ހާއްސަ ވެބިނަރއެއް މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ.

އެ ވެބިނާ އޮންނާނީ މާދަމާ ރޭ ނުވަޔަކުން 10:30 އަށެެވެ.

އެމްއެންޔޫގެ ފޭސްބުކު ޕޭޖުން އިން ލައިވް ކުރާ އެ ވެބިނަރގައި އެ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީތަކާއި އަތޮޅުތަކުގެ
ކެމްޕަސްތަކުން ބައިވެރިވާނެކަމަށް އެމްއެންޔޫއިން މައުލޫމާތު ދެއެޗެ.

އެމްއެންޔޫއިން އިތުރަށް ބުނީ އެ ވެބިނަރގައި ޔުނިވަރސިޓީގެ ފެކަލްޓީތަކުން ފޯރުކޮށްދޭ ހިދުމަތާއި ކިޔަވާދޭ ކޯސްތަކުގެ މައުލޫމާތު ދިނުމާއި، މަތީ ތައުލީމު ހާސިލުކުރުމަށް ހުޅުވާލެވިފައިވާ ފުރުސަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

އޭގެ އިތުރުން އަންނަ މަހު ޔުނިވަރސިޓިން ފަށާ ކޯސްތަކުގެ
ތެރެއިން ޖާގަހުރި ކޯސްތަކަށް ރަޖިސްޓްރީ ވާނެ ގޮތާއި، ސްކޮލަރޝިޕް ގެ ފުރުސަތު ގެ މަޢުލޫމާތު ދިނުމާއި ޢާއްމުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދެމުންގެންދާނެކަމަށްވެސް އެމްއެންޔޫއިން ބުންޏެވެ.

އެމްއެންޔޫގެ މިއަހަރުގެ ދެވަނަ ޓާމްއަށް ވަނުމުގެ ފުރުސަތުވަނީ 30 ޖުލައި 2020 އާއި ހަމަޔަށް ހުޅުވާލެވިފައެވެ.

comment ކޮމެންޓް