ދުވާފަރު މަގުހެދުމުގެ 67 ޕަސެންޓް ނިމިއްޖެ

ރ ދުވާފަރު މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ 67 ޕަސެންޓް ނިމިއްޖެއެވެ.

މި މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީ އިން ބުނީ މަޝްރޫޢުގެ ތެރެއިން މަގުތަކުގެ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.

އެގޮތުން 12 މަގުގެ 3312.23 މީޓަރު ސަރަހައްދެއްގައި އޭބީސީ ފަށަލަވަނީ އެޅިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން މަގުގައި ދުއްވޭ ގޮތައް 25،513 ސްކުއެއާ މީޓަރުގެ ސަރަހައްދެއް ގާއިމްކޮށް، މަގުތަކުގައި ބައްތި ހަރުކުރުމާއި އަދި ފެން ހިންދާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫޢުއަށް 47.04 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ދުވާފަރު މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 22 މެއި 2019 ގައެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖޫން 2019ގައެވެ،

comment ކޮމެންޓް