އަޖޭގެ "ތަނަޖީ" ސްޓާ ޕްލަސް އިން ދައްކަނީ

ތަނަޖީގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ވަރުގަދަ ތަރިން ކަމަށްވާ ކާޖޮލް، އަޖޭ ދޭވްގަން އަދި ސައިފް އަލީ ހާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" ސްޓާޕްލަސް އިން ދައްކަން ނިންމައިފި އެވެ.

މިއަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމު ތަނަޖީ އަކީ ސަތާރަ ވަނަ ގަރުނުގައި އިންޑިއާގައި އުފެދުނު ކުޅަދާނަ ހަނގުރާމަވެރިޔާ ތާނަޖީ މަލުސާރޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި މަހުގެ 26ގައި ސްޓާ ޕްލަސް އިން މި ފިލްމު ދައްކާނީ ރޭގަނޑު 20:00 ގައެވެ. ރާއްޖެ ގަޑިން 19:30 ގައެވެ. އޯމް ރައުތު ޑައިރެކްޓްކުރި މި ފިލްމު އުފެއްދީ 21 މިލިއަން ޑޮލަރު (150 ކުރޯޑު)ގެ ބަޖެޓަކުންނެވެ.

އެ ފިލްމު އެޅުވިތާ ފުރަތަމަ ދުވަހު ވެސް އެ ފިލްމަށް ވަނީ 15 ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ.

comment ކޮމެންޓް