ފަތުރުވެރިންނަށް ބާލީ ހުޅުވާލާނީ ސެޕްޓެމްބަރު 11ގައި

އިންޑޮނޭޝިއާގެެ ބާލީ --- ފޮޓޯ:އަގޯޑާ

އިންޑޮނޭޝިއާގެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލް، ބާލީ، ބައިނަލްއަގުވާމީ ފަތުރުވެރިންނަށް ހުޅުވާލާނީ ސެޕްޓެމްބަރު 11ގައި ކަމަށް ބާލީ ޓޫރިޒަމް ބޯޑުން ބުނެފި އެވެ.

ކޮވިޑް19 އާއެކު ބާލީވެސް ފަތުރުވެރިންނަށް ބަންދުކޮށްފައިވާއިރު، މިހާރު ސަރުކާރުން ވަނީ ތިން ފޭސް އަކަށް ބަހާލައިގެން ބާލީ ހުޅުވާލަން ނިންމައިފަ އެވެ.

އެގޮތުން ބާލީގެ ކޮންސްޓްރަކްޝަން، ދަނޑުވެރިކަން އަދި ސަރުކާރު އޮފީސްތަކުގެ މަސައްކަތްތައް މިހާރު ވަނީ ފުރަތަމަ ފިޔަވަހީގެ ދަށުން ފަށައިފަ އެވެ. ނަމަވެސް ސްކޫލު ތަކާއި ކޮލެޖުތައް އަދި ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތައް އަދި ހުރީ ބަންދުކޮށްފަ އެވެ.

ދެވަނަ ފޭސްގެ ދަށުން މިމަހުގެ 31 އިން ފެށިގެން އިންޑޮނޭޝިއާގެ ފަތުރުވެރިންނަށް ބާލީ ހުޅުވާލާނެ އެވެ.

ތިންވަނަ ފޭސް ސެޕްޓެމްބަރު 11ގައި ފަށަން ނިންމާފައިވާއިރު މި ގޭސްގެ ދަށުން ބައިނަލްއަގުވާމީ ފަތުރުވެރިންނަށް ބާލީ ހުޅުވާލާނެ އެވެ.

ބާލީ އަށް ޒިޔާރަތްކުރާ އިންޑޮނޭޝިއާ އަދި ބޭރުގެ ފަތުރުވެރިން ވެސް ސަލަމަތާއި ރައްކާތެރިކަމަށް އިސްކަންދީ، ފޭސްމާސްކާއި ފޭސް ޝީލްޑް އަޅައި، ސޯޝަލް ޑިސްޓެންސިން މެއިންޓެއިން ކުރުުމަށް ބާލީގެ ސަރުކާރުން އިލްތިމާސް ކުރެ އެވެ.

އިންޑޮނޭޝިއާ އިން 83.130 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު ބާލީ އއިިން 2،619 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އިންޑޮނޭޝިއާ އިން 3957 މީހުން ބަލީގައި މަރުވެފައިވާ އިރު މީގެ ތެރޭގައި ބާލީ އިން މަރުވި 35 މީހުން ހިމެނެ އެވެ.

comment ކޮމެންޓް