އެސްޓީއޯއިން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި

އެސްޓީއޯއިން މިއަދު ބޭއްވި ލޭ ހަދިޔާކުރުމުގެ ކޭމްޕްގެ ތެރެއިން--- ފޮޓޯ: އެސްޓީއޯ

ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާކުރުމުގެ ގޮތުން އެސްޓީއޯއިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

ތެލެސީމިއާ ސެންޓަރުގައި މިއަދު ބޭއްވި އެ ކޭމްޕްގައި އެސްޓީއޯގެ މުވައްޒަފުން ވަނީ ލޭ ހަދިޔާކޮށްފައެވެ.

މިއީ އެސްޓީއޯ ރިކްރިއޭޝަން ކްލަބު (ސްޓޯރކް) އިން އިސްނަގައިގެން ތެލެސީމިއާ ސެންޓަރާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެސްޓީއޯގެ ބޯޑް މެމްބަރުންނާއި މެނޭޖްމަންޓްގެ އިސްވެރިން ފައްޓަވައިދެއްވި އެ ކޭމްޕްގައި 80 އަށް ވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާކުރިކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ އެ ހަރަކާތް ކުރިއަށް ގެންދިޔައީ މިދުވަސްވަރު ބްލަޑް ބޭންކަށް ލޭ ގިނަ އަދަދަކަށް ބޭނުންވެފައިވާ ދުވަސްވަރަކަށް ވެފައިވާތީވެ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ވެސް އެފަދަ ކޭމްޕަތައް އިންތިޒާމުކުރާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.~ ~ ~

comment ކޮމެންޓް