އަތޮޅު ޕޯޓްތަކަށް ގެންނަ ސިނގިރޭޓް ނޫން ހުރިހާ މުދަލަކުން 50 ޕަސެންޓް ޑިއުޓީ މާފުކުރަނީ

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުތުރާއި ދެކުނުގެ ޕޯޓުތަކަށް އެތެރެކުރާ މުދަލުގެ ތެރެއިން ސިނގިރެޓް ނޫން ހުރިހާ މުދަލަކުން 50 ޕަސެންޓް ޑިއުޓީ ކަނޑާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފި އެވެ.

އެކްޕޯޓް އިމްޕޯޓް ގާނޫނަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހަޅާފައިވާ އިސްލާހުތަށް ދިރާސާ ކުރުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީއިން ނިންމާފައިވަނީ އައްޑޫ އަދި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް އެތެރެ ކުރާ ބައެއް މުދަލުގެ 50 ޕަސެންޓް ޑިއުޓީ ކަނޑާލާށެވެ. އެގޮތުން ވަކިވަކިން ޗެޕްޓަރުތަކެއް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ސިނގިރެޓް ހިމެނޭ 96 ވަނަ ޗެޕްޓާ ވެސް ހިމެނެ އެވެ.

ނަމަވެސް އެމްޑީޕީގެ މެމްބަރުން ތަޅުމަށް ފޮނުވުމަށް ގިނަ އިސްލާހުތަކެއް ހުށަހެޅި އެވެ. ރޭ އެމްޑީޕީގެ ޕީޖީ ގުރޫޕުން އެ އިސްލާހުތަކަށް ވޯޓަށް އެހުމުން ފާސްވެފައިވަނީ އައްޑު އާއި ކުޅުދުއްފުއްޓަށް އެތެރެކުރާ މުދަލުގެ ތެރެއިން ސިނގިރެޓް ނުހިމަނައި ދެން ހުރި ހުރިހާ މުދަލެއްގެ 50 ޕަސެންޓް ޑިއުޓީ މާފު ކުރާށެވެ.

https://sun.mv/139656

އެކަމަކު އެ ޕޯޓުތަކަށް އެތެރެކުރާ މުދަލުން 50 ޕަސެންޓް ޑިއުޓީ ކަނޑާލަން ޝަރުތެއް ހިމަނަންވެސް އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކުރި އެވެ. އެއީ އެ ސަރަހައްދެއްގެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގައި ގުދަންކުރެވޭ ނުވަތަ އެ ސަރަހެއްދެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ މުދަލަށް ވާން ޖެހޭނެ ކަމަށް އިސްލާހުގައި ހިމަނާފައިވެ އެވެ.

އެ އިސްލާހުތައް ތަޅުމަށް ހުށަހެޅުމުގެ ފުރުސަތު މިއަދު މަޖިލީހުގެ ޖަލްސާގައި ލިބޭނެ އެވެ. އަދި އިސްލާހުތަކަށް ވޯޓަށް އެހުންވެސް މިއަދުގެ ޖަލްސާގައި އޮންނާނެ އެވެ.

comment ކޮމެންޓް