ފޮނަދޫ މަގު ހެދުމުގެ 59 ޕަސެންޓް ނިންމާލައިފި

ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ/ އެމްޓީސީސީ

ލ. ފޮނަދޫ މަގު ހެދުމުގެ މަސައްކަތުގެ 59 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

ފޮނަދޫ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން އެރަށުގެ 12 މަގެއްގައި 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެއެވެ. އެއީ 3.5 ކިލޯ މީޓަރުގެ ސަރަހައްދެކެވެ.

އެމްޓީސީސީން ބުނީ ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ މަގުގައި ހުރި ގާތައް ނެގުުމުގެ މަސައްކަތާއި މަގު އެއްވަރުކުރުމާއި އަދި ސަބް ގްރޭޑިންގް މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފޮނަދޫގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށާއި އަދި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ފޮނަދޫ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި 22 ވަނަ ދުވަހު އެވެ. މަސައްކަތް ފަށާފައިވަނީ 2019 ޖޫން 26 ގައެވެ. މަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ 390 ދުވަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް