ނާޔާ ގެނބުނު ލޭކްއިން މީހެއްގެ ހަށިގަނޑު ފެނިއްޖެ

ނާޔާ ރިވޭރާ ---

މަޝްހޫރު ޓީވީ ޝޯ "ގްލީ"ގެ އެކްޓަރު ނާޔާ ރިވޭރާ ގެނބިގެން އޭނާ ހޯދަމުން ދިޔަ ކޯރުން މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ފެނިއްޖެ އެވެ.

ކެލިފޯނިއާގެ ކޯރަކަށް ނާޔާ ގެނބިގެން އޭނާ ހޯދަން ފަށާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައެވެ.

ކެލިފޯނިއާގެ ލޭކް ޕައިރޫ ނަމަކަށް ކިޔާ ރެޒެވޮޔާއައަށް ނަޔާ ގޮސްފައިވަނީ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅާއެކުގައެވެ.

ފުލުހުން ބުނެފައިވަނީ އެ ކޯރުން ހަށިގަނޑެއް ފެނިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އެ ހަށިގަނޑަކީ ކާކުތޯ ދެނެގަތުމުގެ މަސައްކަތް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ހާމަކުރުމަށް އެމެރިކާ ގަޑީން 1730 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ "ކޭސީބީއެސް" ނޫހުން ބުނި ގޮތުގައި ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ނާޔާ ކުޑަ ބޯޓެއް ކުއްޔަށް ހިފުމަށްފަހު އޭނާގެ ދަރިފުޅާއެކު ދިޔައީ ލޭކް ބަލައިލުމަށެވެ.

ނާޔާ ގެއްލުނުކަން ފުލުހުންނަށް އެނގުނީ ބޯޓުގެ ތެރޭގައި ކުޑަކުއްޖާ އެކަނި އޮއްވާ ފެނުމުންނެވެ. އެކުއްޖާ އޭރު ހުރީ ލައިފް ވެސްޓް އަޅާއިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި ނާޔާއާއި އޭނާގެ ދަރިފުޅު ފެތުމަށް ފެންގަނޑަށް ފޭބިއެވެ. ނަމަވެސް ނާޔާ އެނބުރި ނާންނަކަމަށް އޭނާގެ ދަރިފުޅު ބުނިކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް