"ލޫސިފާ"ގެ ޓްރެއިލާ ދައްކާލައިފި

ލޫސިފާ ގެ ޕޯސްޓަރެއް---

ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް ލޫސިފާގެ ފަހު ސީޒަން (ސީޒަން ފަހެއް)ގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

ނެޓްފްލިކްސް އިން ބުނީ ލޫސިފާގެ ފަސް ވަނަ ސީޒަން ދައްކާނީ އަންނަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. މި ސީޒަނުގައި ޖުމްލަ އަށް އެޕިސޯޑު ހިމެނޭނެ އެވެ. ޓްރެއޮލާ އިން ޝައުގުވެރި ގިނަ މަންޒަރުތަކެއް ފެނިގެންދިޔަ އިރު ލޫސިފާގެ ފަހު ސީޒަނަށް ވުމުން މި ސީރީޒް ކުރީ ސީޒަންތަކަށް ވުރެ ރީތިވާނެކަމަށް ބެލެވެ އެވެ.

ފޮކްސް އިން 2016 ވަނަ އަހަރު ފެށި ސީރީޒްގެ ތިން ސީޒަނަށް ފަހު އެ ސީރީޒް ކެންސަލްކުރި ނަމަވެސް ހަތަރު ވަނަ ސީޒަނަކަށް ޝޯ އަލުން ގެނައީ ނެޓްފްލިކްސް އެވެ.

ލީޑު ރޯލުން ޓޮމް އެލިސް އަދި ލޯރެން ޖަރމަން ފެނިގެންދާ މި ސީރީޒްއަކީ ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލު ކަމެއް ލިބިފައިވާ ޝޯއެކެވެ.

comment ކޮމެންޓް