އަށް ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފި

މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު އަށް ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 23 ގައެވެ. އޭގެ ފަހުން ވަނީ މީގެކުރީންވެސް ނުވަ ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައެވެ.

އިލެކްޝަންސްއިން ވަނީ ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ މައުލޫމާތު އާންމުކޮށްފަ އެވެ.

އެގޮތުން ނަން އަނބުރާ ގެންދިޔަ އަށް ކެނޑިޑޭޓުންގެ ތެރޭގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލީ ހަތަރު ކެނޑިޑޭޓުންނާއި އަމިއްލަގޮތުން އިންތިހާބަށް ކުރިމަތިލި ހަތަރު ކެނޑީޑޭޓުން ހިމެނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ އުސޫލުގައި ބުނެފައި ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ހުޅުވާލައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށާއި އަދި އެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަހުގެ ކުރިން، މުއްދަތު ހަމަވާ ތާރީހު އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އަށް ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިވާއިރު ފަސް ކެނޑިޑޭޓެއްގެ ނަން ވަނީ އިލެކްޝަންސް ކޮމިޝަނުން އުނިކޮށްފައެވެ. އެ ކެނޑީޑޭޓުންގެ ތެރޭގައި ނިޔާވި ކެނޑިޑޭޓެއް ހިމެނެއެވެ.

މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައި އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު، ކޮވިޑް19 އާ ގުޅިގެން ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

comment ކޮމެންޓް