ށ. ކޮމަންޑޫ ކަނޑުއޮޅި ކައިރިން ދެ ފޫޓްގެ ކިނބުލެއް ފެނިއްޖެ

ށ. އަތޮޅުގެ ދެ ކޮމަންޑޫ ދޭތެރެ ކަނޑުއޮޅި ކައިރިން ދެ ފޫޓްގެ ކިނބުލެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ކިނބޫ ފެނުނީ މިއަދު މެންދުރު ކަމަށާއި މިހާރު އޭތި ކޮމަންޑޫ ރައްޔިތުން ހިފާއިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ކޮމަންޑޫއަށް ހދ. ކުޅުދުއްފުށީގައި ތިބޭ ސިފައިންގެ ޓީމެއް މިހާރު ގޮސްފައިވާ ކަމަށެވެ. އަދި އެ ކިނބުލާ ބެހޭ އިތުރު މައުލޫމާތު ސާފު ވާނީ އެ ސަރަހައްދަށް ސިފައިންގެ ޓީމަށް ދެވުމުން ކަމަށް އެމްއެންޑީއެފްގެ އޮފިޝަލު ވިދާޅުވި އެވެ.

މީގެ ދެދުވަހެއް ކުރިން ވަނީ ރ. މީދޫ ކައިރިން ކިނބުލެއް ފެނިގެން އެ ސަރަހައްދު ވެސް އެމްއެންޑީއެފުން ބަލާފަ އެވެ. ނަމަވެސް އެ ސަރަހައްދުން މިހާތަނަށް މީދޫ ރައްޔިތުންނަށް ފެނުނު ކަމަށް ބުނާ ކިނބުލުގެ ޚަބަރެއް ވެފައިނުވާ ކަމަށް އެމްއެންޑީއެފްގެ އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ މިއަދު ކޮމަންޑޫ ކައިރިން ފެނުނު ކިނބުލާ މީދޫ ކައިރިން އެރަށު ރައްޔިތުންނަށް ފެނުނު ކަމަށް ބުނާ ކިނބުލާ މާބޮޑު ގުޅުމެއްވާ ކަމަށް ނުބެލެވޭ ކަމަށެވެ.

މިދިޔަ އަހަރު ވެސް ވަނީ ރާއްޖޭގެ އެކި ހިސާބަތަކުން ކިނބޫ ފެނިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު