ތިން މަހަށްފަހު މާލޭގައި ހުކުރު ނަމާދުކޮށްފި

ޖުލައި 10، 2020: ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން މެދުކަނޑާލާފައި އޮންނަތާ ތިން މަސް ފަހުން މިއަދު މާލޭގައި ހުކުރު ނަމާދުކޮށްފި އެވެ.

ކޮވިޑް19 ފެތުރިޔަ ނުދިނުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ ހުރިހާ ނަމާދެއްވެސް ހިމެނޭ ގޮތަށެވެ.

މިސްކިތުގައި ނަމާދުކުރުމަށް ހުއްދަ ދީ، މިސްކިތްތައް އާންމުންނަށް ހުޅުވާލީ ޖޫން 14 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެންނެވެ. އަދި މި މަހުގެ އެއް ވަނަ ދުވަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނަސް، ހުކުރު ނަމާދު ޖަމާއަތުގައި ކުރަން ހުއްދައެއް ނުދެއެވެ.

އެހެން ކަމުން މިއަދު ކުރި ހުކުރު ނަމާދަކީ މާލޭ ސަރަހައްދުގައި ޖަމާއަތުގައި ހުކުރު ނަމާދު ނުކުރާތާ 114 ދުވަސް ނުވަތަ ތިން މަހާއި 22 ދުވަސް ފަހުން ކުރި ހުކުރު ނަމާދެކެވެ.

ޖުލައި 10، 2020: ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ނިއުމަތަށް ޝުކުރު ކުރުމެވެ. ފުރަބަންދަށް ފަހު މާތް ﷲގެ ރަހުމަތިން މިއަދު ހުކުރު ނަމާދު ކުރެވޭނެ މަގު ތަނަވަސްފެފައިވާކަން ހުތުބާގައި ފާހަގަ ކުރިއެވެ.

މި ފުރުސަތު ލިބުނު ނަމަވެސް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން އުޅެން ހުތުބާގައި ހަނދާންކޮށްދިނެވެ.

comment ކޮމެންޓް