ކޮވިޑް ޖެހިފައިވާ ބިދޭސީއަކު ފިލައިގެން އުޅެނިކޮށް އާޓިފިޝަލް ބީޗުން ހޯދައިފި

މާލޭގެ މަގުމަތި: ކޮވިޑް ޖެހިފައިވާ ބިދޭސީއަކު ފިލައިގެން އުޅެނިކޮށް މިއަދު ވަނީ ހޯދާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބިދޭސީ އަކު ފިލައިގެން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށުން އެޗްޕީއޭއާ ހަވާލުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ކޮވިޑަށް ޕޮޒިޓިވް މީހަކު ފިލައިގެން އުޅެނިކޮށް އޭނާ ހޯދަން އާޓިފިޝަލް ބީޗް ސަރަހައްދަށް އެޗްޕީއޭގެ ޓީމާ އެކު ފުލުހުން ދިއުމުން އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބިދޭސީން އެއްވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ ވަނީ އެޗްޕީއޭގެ ބެލުމުގެ ދަށުން އައިސޮލޭޝަނަށް ގެންގޮސްފަ އެވެ. ނަމަވެސް އިތުރު މީހަކު އެތަނުން ގެންދިޔަ ކަމެއް އެނގިފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ކޮވިޑް ޖެހިފައިވާ ބަޔަކު ނުފެނިގެން އެކަން އެންއީއޯސީން އާންމު ކުރި އެވެ. ނަމަވެސް އެކަކު ފިޔަވައި އެހެން މީހުން ފެނިފައިވާ ކަމަށް ފަހުން ވަނީ ހާމަކޮށްފަ އެވެ. އަދި ނުފެނުނު މީހާއަށް ފަހުން ވީ ގޮތެއް އެންއީއޯސީން ހާމަކޮށްފަ އެއް ނުވެއެވެ.

comment ކޮމެންޓް