މަޖިލީހުގެ އިތުރު ސްޓާފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރައްޔިތުންގެ މަޖިލިސް: މަޖިލީހުގެ އިތުރު ސްޓާފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ބުނެފައި ---

ރައްޔިތުންގެ މަޖިލީހުގެ އިތުރު ސްޓާފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މީގެ ކުރިން ވެސް ވަނީ މަޖިލީހުގެ ސްޓާފަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މަޖިލީހުގެ އިތުރު ސްޓާފަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ތަނުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ 'ސަން' އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

އެކަމާ ގުޅިގެން މަޖިލިސް ޑިސްއިންފެކްޓް ކޮށް ކޮންޓްކެޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ޒިޔާއު ފާހަގަކުރެއްވި އެވެ. އަދި މިފަހަރު ޕޮޒިޓިވްވެފައިވަނީ މީގެ ކުރިން ޕޮޒިޓިވްވެފައިވާ މީހާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއް ނޫނެވެ.

އެނގިފައިވާ ގޮތުގައި މިފަހަރު ޕޮޒިޓިވްވެފައިވަނީ މަޖިލީހުގެ ވެހިކަލެއް ދުއްވާ ޑްރައިވަރެކެވެ.

މީގެ ކުރިން މަޖިލީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެތަނުގެ މެއިންޓެނެންސް ސްޓާފެކެވެ.

comment ކޮމެންޓް